Feb 19, 2021
155 Views
Comments Off on ފިއްލަވައިގެން އުޅުއްވާ ނަވާޒް ޝަރީފުގެ ޕާސްޕޯޓު އައުކޮށް ނުދޭނެ ކަމަށް ޕާކިސްތާނުން ބުނެފި
0 0

ފިއްލަވައިގެން އުޅުއްވާ ނަވާޒް ޝަރީފުގެ ޕާސްޕޯޓު އައުކޮށް ނުދޭނެ ކަމަށް ޕާކިސްތާނުން ބުނެފި

Written by



ބޭސްފަރުވާ ހޯއްދެވުމުގެ ނަމުގައި އިނގިރޭސިވިލާތަށް ވަޑައިގެން އެތާގައި މިހާރު ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ޕާސްޕޯޓު އައުކޮށްނުދޭނޭ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ބުނެފިއެވެ.މިހާރުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރުން މިހެން ބުނެފައި މިވަނީ ހުސްވި ހަފުތާގެ އަންގާރަދުވަހު ނަވާޒް ޝަރީފުގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ދާޚިލީ ވަޒީރު ޝައިޚު ރާޝިދު ވިދާޅުވީ ޖަލު ހުކުމެއްގެ ތެރެއިން ބޭސް ފަރުވާޔަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ހުއްދަ ސަރުކާރުން ދިނުމުން ނަވާޒް ވަނީ ފިއްލަވާފައި ކަމަށެވެ. ކޯޓުން އެންގުމުންވެސް އެނބުރި ގައުމަށް ވަޑައިގެންފައިނުވާ ކަމަށެވެ.ޝައިޚު ރާޝިދު އިތުރަށް ވިދާޅުވީ ޕާސްޕޯޓު އައުކޮށް ނުދިނަސް ނަވާޒް ޝަރީފު އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެކަމަށް އެދިވަޑައިގަތުމުން ޚާއްސަ ލިޔުމެއް ދޫކުރާނޭ ކަމުގައެވެ. އެއްވެސް މީހަކު ގައުމަށް އެނބުރި އައުން ނުހުއްޓުވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.ޚިޔާނާތުގެ މައްސަލަތަކެއް ސާބިތުވެ ނަވާޒް ޝަރީފު ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އޭނާގެ ޑޮކްޓަރުންނާއި ވަކީލުން އެދިގެން ކޯޓު އަމުރެއްގެ ދަށުން ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދީފައެވެ. އެކަމަކު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލަންޑަނަށް ވަޑައިގެންނެވި ގޮތަށް ބޭސްފަރުވާ ނިމުމަށްފަހުވެސް ނަވާޒް ޝަރީފު އެނބުރި ޕާކިސްތާނަށް ވަޑައިނުގެންނެވިއެވެ.ދާޚިލީ ވަޒީރު ވިދާޅުވީ ނަވާޒް ޝަރީފުގެ ޕާސްޕޯޓު ދޫކުރީ ކޯޓުން އަމުރު ކުރުމުން ކަމަށާއި އެކަމަކު ކޯޓާއި ޕާކިސްތާނުގެ ރައްޔިތުންނަށްވެސް ނަވާޒް ޝަރީފު ހެއްދެވީ އިތުރުފުޅު ކަމުގައެވެ. ޕާކިސްތާނުން ލިބެން ނެތް ފަރުވާއެއް ހޯއްދަވަން ޖެހޭކަމަށް ސާބިތުކޮށްދެއްވަން ހެއްދެވީ މުޅިން އިތުރުފުޅު ކަމަށާއި ނަވާޒް ޝަރީފުގެ ގަސްތަކީ ފިއްލެވުންކަން އެންމެނަށްވެސް މިހާރު އެބައެނގޭ ކަމަށް ޝައިޚު ރާޝިދު ވިދާޅުވިއެވެ.ނަވާޒް ޝަރީފުގެ މައްޗަށް ކުރެވުނު ދައުވާތަކާއި ގުޅިގެން ނަވާޒް ޝަރީފާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒްގެ ޕާސްޕޯޓް ހިފެހެއްޓުނެވެ. މީގެތެރެއިން މަރިޔަމް ނަވާޒްގެ މައްޗަށް އިއްވުނު ޖަލުގެ ހުކުމް ހައިކޯޓުން ވަނީ ސަސްޕެންޑްކޮށްފައެވެ. ނަވާޒް ޝަރީފުގެ މައްޗަށް 2018 ވަނަ އަހަރު އިއްވުނު ދިހަ އަހަރުގެ ޖަލު ހުކުމް އަދިވެސް ދެމިއެބައޮތެވެ.



Source link

Article Categories:
News

Comments are closed.