Feb 19, 2021
178 Views
Comments Off on ފުލުހަކު ދެވަނަ ކައިވެންޏެއް ކުރަން އުޅުމުން އަނބިމީހާ ގޮސް ހަފުލާ ފަނިކޮށްލައިފި
0 0

ފުލުހަކު ދެވަނަ ކައިވެންޏެއް ކުރަން އުޅުމުން އަނބިމީހާ ގޮސް ހަފުލާ ފަނިކޮށްލައިފި

Written by



ތައިލެންޑުގެ ފުލުހަކު އޮޅުވާލައިގެން ހުސްހަށިބައިކަމަށް ހެދިގެން އައު ލޯބިވެރިޔަކާ ކައިވެނިކުރަން އުޅެނިކޮށް އެތަނަށް އަނބިމީހާ ގޮސް އަރައިރުންވެ ހަފުލާ ފަނިކޮށްލައިފިއެވެ.އަނބިމީހާ ވަނީ ހަފުލާގައި ތިބި އެންމެނަށް އޭނާގެ ކައިވެނީގެ ސެޓްފިކެޓް ދައްކައި ފިރިހެންމީހާ ހުސްހަށިބައި ނޫންކަން ސާބިތުކޮށްދީފައެވެ. މިކަން އެނގުމުން ލޯބިވެރިޔާގެ މަންމަ ރުޅިގަދަވެގެން ފުންމައިގެން ތެދުވެ ފިރިހެންމީހާގެ ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއްވެސް “ވިހެލި”އެވެ. އެކަމަކު ފިރިހެންމީހާއާއި އޭނާގެ ލޯބިވެރިޔާވަނީ އަޑުވެސް ނީވޭ ކަމަށް ހެދިގެން ތިބެ ރަސްމިއްޔާތު ފުރިހަމަކޮށްފައެވެ. ކައިވެނިކޮށްދިން މައުޒޫނު ވަރަށް ހައިރާންވެފައި ހުރެގެންމެ ކައިވެނިކޮށްދީ ހުރިހާކަމެއްވެސް ވަނީ ފުރިހަމަކޮށްދީފައެވެ.މިކަމެއް ހިނގީ ތައިލެންޑުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޗައިނަޓުގައި އިއްޔެއެވެ. މި އަރައިރުމުގެ ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ފުލުސްމީހާ ނިސްބަތްވާ އިދާރާގެ ވެރިންގެ ސަމާލުކަމަށް މިކަން އައިސް އޭނާގެ މައްޗަށް މިއަދު ވަނީ ތަހުގީގެއް ހިންގަން ފަށައިފައެވެ.އުމުރުން ތެއްތިރީސް އަހަރުގެ އަނބިމީހާ ނޫސްވެރިން ގާތު ބުނެފައިވަނީ ކައިވެނީގެ ހަފުލާ ހިނގަމުންދިޔަ ތަނަށް އޭނާ ދިޔައީ ފިރިމީހާ އެހެން އަންހެނަކާ އިނުން އޮތްކަމުގެ މައުލޫމާތު ރައްޓެހިންގެ ފަރާތުން ލިބިގެން ކަމަށެވެ. ފިރިމީހާގެ އުމުރަކީ ތިރީސްހަތަރު އަހަރެވެ. މިދެމީހުންގެ ކައިވެންޏަށް ފަނަރަ އަހަރުވެފައިވާއިރު ސާދަ އަހަރާއި ފަސް އަހަރުގެ 2 އަންހެން ކުދިންވެސް އެބަތިއްބެވެ.ލޯބިވެރިޔާއާ ކައިވެނި ކުރަން އުޅުނު ދުވަހު ފިރިމީހާ ގެއިން ނުކުމެގެން ދިޔައީ އެރެޔާއި އެއްކޮށް ފުލުސް ސްޓޭޝަނުގައި ދިގު ޑިއުޓީއެއް ހަދަން ޖެހޭކަމަށް އަނބިމީހާ ގާތުގައި ބުނެފައެވެ. އެދުވަހަކީ ކައިވެނި ކުރާ ދުވަސްކަމަށް ރައްޓެހިންގެ ފަރާތުން އެނގިފައި އޮތުމުން މިކަން ހިނގާ ނުހިނގާ ގޮތެއް ބަލަން ކައިވެނީގެ ސެޓްފިކެޓްވެސް ހިފައިގެން އަނެއް އަންހެންމީހާގެ ގެޔަށް އަނބިމީހާ ދިޔައީއެވެ. އޭރު ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ކުރިއަށް ދަނީއެވެ.އަނބިމީހާ ރުޅިގަދަވެގެން ހައިޖާނު ހެދުމުން ފިރިމީހާ ބުނިކަމަށްވަނީ އަރައިރުން ނުވެ ގެޔަށްދާށޭ އެވެ. ކަލެއަކީ މި ޕާޓީއަށް ދައުވަތު ލިބިފައިވާ މީހަކަށް ނުވާތީ މިތާގައި ހުރުމުގެ ހައްގެއްވެސް ނެތް ކަމުގައެވެ.ތައިލެންޑުގައި މީހަކާ އިނދެގެން ހުރި މީހަކަށް ދެވަނަ ކައިވެންޏެއް ކުރެވޭނީ ގާނޫނީ ގޮތުން ވަރިވުމަށްފަހުގައެވެ. އެކަންނުކޮށް އައު ކައިވެންޏެއް ކުރި ފުލުސްމީހާގެ ތަހުގީގު ނިމޭއިރު އޭނާ ކުށްވެރިވެ ވަޒީފާއިންވެސް ވަކިކުރާނޭ ކަމަށް މިހާރު ވަނީ ޔަގީންކުރެވިފައެވެ.



Source link

Article Categories:
News

Comments are closed.