”ފްލައިޓް“ މިއީ ވައިގެތެރޭގައި މަތިންދާބޯޓެއް ސަލަމަތްކުރުމަށް ކުރިއަށްގެންދާ މިޝަންއެއް ދައްކުވައިދޭ ގޮތަށް ބޮލީވުޑްގައި ތައްޔާރުކުރާ މިފަދަ ފުރަތަމަ ފިލްމެކެވެ. ޔޫއެފްއޯ މޫވީޒް އާއި ރިލަޔަންސް އެންޓަޓެއިންމެންޓުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ ކްރޭޒީ ބޯއީޒް އެންޓަޓެއިންމެންޓުން ނެވެ.”ފްލައިޓް“ގައި ދައްކުވައިދޭނީ ރަންވީރް މަލްހޯތުރާ (މޯހިތު ޗައްޑާ) މަތިންދާބޯޓެއް ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކެކެވެ. ކޭ ޗައްޑާ ގެނެސްދޭ މި ފިލްމަކީ ސޫރަޖް ޖޯޝީ ޑައިރެކްޓްކުރާ ފިލްމެކެވެ. ކިޑްނީން އުފައްދާ އެޑްނިރަލިން ހޯމޯން ދެގުނައަށް އުފައްދާފަދަ ވަރުގަދަ މަންޒަރުތަކެއް ދައްކުވައިދޭނެ މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ވިވެކް ވަސްވާނީ، ޝިބާނީ ބޭޑީ، ޕްރީތަމް ސިންހް، ކައިޒާދު ކޮޓްވާލްގެ އިތުރުންވެސް މުހިންމު ތަރިންތަކެއް ފެނިގެންދާނެއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
News