Feb 19, 2021
115 Views
Comments Off on ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑްލެއް އެކްޓިވޭޓްކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ!
0 0

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބަންޑްލެއް އެކްޓިވޭޓްކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ!

Written by



ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އެންމެ 75 ރުފިޔާ އަށް 1.5 ޖީބީގެ ބަދަލުގައި 4.5 ޖީބީގެ ޑޭޓާ ލިބިގެންދާނެއެވެ.ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން މި ތައާރަފު ކުރި އޮފަރ ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 343 އަށް އެސްއެމްއެސްއެއް ފޮނުވައިގެން އެކްޓިވޭޓު ކުރެވޭނެއެވެ. މިނީ ޑޭޓާ ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ.ބުރާސްފަތި ދުވަހު އިއުލާން ކުރި މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 މާރިޗު 2021 ނިޔަލަށެވެ.މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، “ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް” ތައާރަފުކޮށްފައެވެ. މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ހިލޭ “ޕަރކްސް” ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބެއެވެ.ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.



Source link

Article Categories:
News

Comments are closed.