Feb 19, 2021
172 Views
Comments Off on ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އިދިކޮޅު މުޒާހަރާ ނުހުއްޓި، ފުލުހުންގެ ފަހު އިންޒާރު!
0 0

ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އިދިކޮޅު މުޒާހަރާ ނުހުއްޓި، ފުލުހުންގެ ފަހު އިންޒާރު!

Written byއިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފަށް ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާއިރު އެ ޕާޓީގެ އިސްވެރިން ފުލުހުންގެ އިދާރާއަށް ގެންގޮސް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.ހުކުރު ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް މާލެސިޓީ ޕޮލިސް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅުން މުޒާހަރާތައް ބާއްވަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ހިލާފަށް ކަމަށެވެ.މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ފާހަގަކުރައްވާ އަބްދުﷲ ޝަރީފް ވިދާޅުވީ އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށެވެ. މުޒާހަރާތައް މާލެސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި މުޒާހަރާތައް ބާއްވާނަމަ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.މުޒާހަރާގައި ބައިވެރިނުވުމަށް އިލްތިމާސްކޮށް އަބްދުﷲ ޝަރީފް ވިދާޅުވީ ސިއްހީ ނުރައްކާތެރިކަމުގެ ތެރެއަށް ގޮސްދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ސިލްސިލާކޮށް މިގޮތަށް މުޒާހަރާ ބާއްވާނަމަ ފުލުހުން ވެސް މި ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމަށެވެ.ފުލުހުންގެ އެންގުމާއި ހިލާފަށް އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އިިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުކުރު ދުވަހުގެ ހަވީރު މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު ފުލުހުން ވަނީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު އެ މުޒާހަރާ ވެސް ރޫޅާލާފައެވެ.Source link

Article Categories:
News

Comments are closed.