ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ، ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށާއި ކޮންމެ މީހަކު ވެސް ނަމާދަށާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް ދާއިރު މާސްކު އަޅައިގެން، މުސައްލަ ހިފައިގެން ދިއުމަށް މިއަދުގެ ހުކުރު ޚުޠުބާގަައި ތަކުރާރުކޮށް ހަނދާންކޮށްދީފައި ވެއެވެ.މުސްލިމް އަޚުންނޭވެ! ހުރިހާ ނުރައްކަލަކުން ސަލާމަތް ވާން އޮތް މަގަކީ، ﷲ އަށް ބިރުވެތިވުމުގެ މަގެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ މާނައީ: ”އަދި ﷲ އަށް ތަޤްވާ ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ.“
އިތުރަށް ވިދާޅުވޭ

Article Categories:
News