Feb 19, 2021
207 Views
Comments Off on ލައްޒަތު
0 0

ލައްޒަތު

Written by


Views: 8831 116

“މީހަކު އައިސްދާނެ… އޭރުން ވަރަށްކަޑަވާނެ” އަޝްފާ ހާސްކަންމަތީ ހުރެބުނެލިއެވެ.
“މިއޮއް ވިއްސާރައިގަ، މިހިސާބަކަށް ނާންނާނެއޭ” ރިޔާޒް އަޝްފާގެ ކަނދުރާގައި ތުން ޖައްސާލަމުން ބުނެލިއެވެ.
ވެހެމުންދިޔަ ބޯވާރެއަށް ނިވާވުމަށް އަތިރިމަތީ މާފޮޅުވަންތިބި އެޖޯޑަށް ހިޔާވެހިކަމެއްލިބުނީ އެހިސާބުގައި ހުރި ދުވަސްވީ ފަޅުގެއެވެ. މެދުނުކެނޑި 2ދުވަސް ވަންދެން ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ވައިގައި ހުރި ފިނި ތެތްކަމުން އެދެލޯބިވެރިންއަށް ގިނައިރަކު ދުރަކު ނުތިބެވުނެވެ. ހަށިގަނޑަށްވަމުންދިޔަ ފިންޏަށް ހޫނުކަން ގެނެއުމަށް އެކަކު އަނެކަކުގެ ހަށިގަނޑާޖެހި ފިއްތާލައިގެންތިބީ ވަގުތުގެ ހިތްގައިމު ކަމުގެ ސަބަބުންވެސްމެއެވެ. ވާނީވެސް އެހެންތާއެވެ. 6 އަހަރު ދުވަހު ގުޅިގެން އުޅުމަށްފަހު ރަންކިޔާ ކައިވެންޏަށް އެންމެ 2 ދުވަހަށްވީއެވެ. ކެތްކުރެވޭނީވެސް ވަކިވަރަކަށް ތާއެވެ.
“ދެން ރިޔާ… ދިޒް އިޒް ނޮޓް ރައިޓް… އެހާ ކޮމްފޮޓަރބަލް އެއް ނޫން” އަޝްފާ ދުރަށްޖެހިލިއެވެ.
އެއީ އެމީހުން ކުރިން އުޅުނު ގޮތެއް ނޫނެވެ. މިބުނަނީކީ ކުރިން ގާތްނުވާ ވާހަކައެއް ނޫނެވެ. ނުވަތަ ތުން ޖޯޑު ނުކުރާ ވާހަކައެއްވެސް ނޫނެވެ. އެއީ ޒަމާނީ ޒުވާނުންއެއް ކަމަކު ވަކި މިންގަނޑުތަކެއް ގެންގުޅެމުންދިޔަ ދެލޯބިވެރިންއެވެ. ކައިވެންޏަށްފަހު ހިންގުމަށް ޚާއްސަ ގުޅުންތަކެއް ފަސްކުރަން ނިންމައިގެންތިބި ބައެކެވެ. ކުރިން އިތުރު މީހަކާވެސް ގާތްނުވެވި ތިބީ އުމުރުން 13 އަހަރުން ސުރެ އެކުގައި އުޅެމުން އައުމުގެ ސަބަބުންއެވެ. ޒަމާނީ އެހެން ލޯބިވެރިންއާއި ޚިލާފަށް ވަފާތެރި ކެތްތެރި ޖޯޑެކެވެ.
“އަޝްފާ… ރިޔާއަށް ޓްރަސްޓެއް ނުކުރަންދޯ؟ އެނގެޔެއްނުން ރިޔާ އެއްވެސް ކަޑަކަމަކަށް ނުބުނާނެކަން” އަޝްފާގެ އެޖުމްލައިން ރިޔާޒް ހިތްހަމަނުޖެހި ދުރަށް ޖެހިލިއެވެ. ރިޔާޒަކީ ރިޒޯޓެއްގައި ވަޒީފާއަދާކުރާ ޒުވާނެކެވެ. އެކަމަކު އޭނާގެ ހިތާޖާނާ މުނި ފުރާނަ ހުސްކޮށްގެން ހުންނަނީ ހަމައެކަނި އަޝްފާއަށްޓަކައެވެ. އެހަށިގަނޑުގައި އިތުރުމީހަކު ބީހިފައއެއްނުވެއެވެ. ކިތަންމެ ބޭނުންވި ނަމަވެސް އަޝްފާއާއި ގާތްވުމުގައި އެމީހުން ނިންމާފައިވާ މިންގަނޑުތައް ފަހަނައަޅާނުދިޔަވޭތޯ މަސައްކަތްކުރެއެވެ.
” އަޝްފާއަށް އެނގެޔޭ… އެކަމަކު މިހެން ގިނަ އިރުތިބިއްޔާ ކްލޯޒްވެވޭނީ… ކޮންޓްރޯލްވާނީވެސް ވަކކިވަރަކަށްނުން، ދެން އެންމެ ދެދުވަހޭ، އިޓްސް ގޮނަބީ ސޯ އެކްސައިޓިންގ” ރިޔާޒްގެ ފުރަގަހުން އޮޅުލައިގަންނަމުން ހިތްހަމަނުޖެހިހުރި ރިޔާޒަށް ވިސްނާދޭން މަސައްކަތްކުރިއެވެ.
“ދެން ކޮންޓްރޯލް ނުކުރާނީ… އެހެން ނޫނަސް މިތިބީ އެންގޭޖްކުރެވިފަ، ރަންކިޔިފަ، އަހަންނަށް މިހާރު އެއްބައި ހައްގުވާނެ” ރިޔާޒް ހިނިތުންވެލަމުން އަޝްފާގެ މޫނަށް ބަލާލާ އޭނާގެ އުނަގަނޑުގައި އަތްވިއްދާ އޭނާގެ މެޔާލާ ފިއްތާލިއެވެ. އެދެހަށިގަނޑު ގާތްވުމުން ވެހެމުންދިޔަ ވާރެއަށްވެސް ކެތްނުވިކަހަލައެވެ. އިތުރަށް ބޯކުރަންފެށިއެވެ. ދެމީހުން ހުއްޓިތިބީ އެފަޅުގޭގެ ކުޑަދޮރުތަކާވީ ފަޅީގައިކަމުން ވާރޭތިކިތަކާއި ޖެހެމުންދިޔަ ވިއްސާރައިން އެދެހަށިގަނޑަށް އިތުރު ގުޅުންތަކަކަށް މަޖުބޫރު ކުރަމުންދިޔަކަހަލައެވެ. އާދައިގެމަތިން ދެމީހަކު ގާތްވެއްޖެނަމަ ވިއްސާރަމޫސުމުގައި ޖަހާ ބާރު ގުގުރިއެއްޖެހިއެވެ.
އަޝްފާގެ އިނގިލީގެ ވަކިތައް ހިއްޕާލެވުނީ ރިޔާޒްގެ ބުރަކަށީގައެވެ. އޭނާއަށް ތަދުވެސްވިއެވެ. އެކަމަކު ފަރުވާލެއްނެތެވެ. އެއަށްވުރެ ކުރަމުންދިޔަ އިޚްސާސްތައް މާއަރާމެވެ. ތެމިފޯވެހުރި އަޝްފާލައިގެންހުރި މަޑު ފިޔާތޮށިކުލައިގެ ކުރުތާގެ ތެރެއިން ރިޔާޒަށް ފޮރުވިފައިވާ އެއްކަމެއްވެސް ނެތެވެ. އެކުރުތާވަނީ އޭނާގެ އެރީތިބައްޓަމަށް ތަރުތީބުކޮށްލާފައެވެ. ރިޔާޒް މަޑުމަޑުން އަޝްފާގެ ތުމާއި ތުން ޖޯޑުކޮށްލިއެވެ. ހަށިގަނޑަށް ކުރުވީ އަރާމު ހޫނެކެވެ. މަޑުމަޑުން އަޝްފާގެ ބުރަކަށީގެ މަތިން ތިރިއަށް އަތްބީއްސަމުންއެވެ. ނަމަވެސް އެބީހުން ހުއްޓުވުމަކަށް ގެނުވީ އަތްޖެހުނު ވާގަނޑަކުންއެވެ. އިތުރު އެދުންތތަކަކަށް ރިޔާޒްގެ ހިތްގޮވާލިއެވެ. ކެތެއްނުވިއެވެ. ދެއިނގިލީގެ އެހީގައި އެވާގަނޑު ނައްޓާލުވިއެވެ. އަޝްފާއަށް ލިބުނީ ސިހުމެކެވެ. ނަމަވެސް އޭރު އެދެހިތަށް އަރައިގަނެފައިވަނީ ވަހުޝީ ހިޔާލުތަކެވެ. ބޭނުންވީ ހަމައެކަނި ދުނިޔަވީ އަރާމެވެ. ލޯބީގެ ގޮތުގައި އެހާދުވަހު ގަބޫލުކުރި ގަބޫލުކުރުން ބަދަލުވެގެންދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. އިތުރަށް ވިސްނަން ނުތިބީ ކައިވެނިއޮތީ 2 ދުވަސްފަހުން ކަމުން އެއީ މައްސަލައެއް ނޫންކަމަށްދެކިގެނެވެ.
“ވަރަށް ބިރުގަނޭ، ގޯސްކަމެއް ވެއްޖެއާއޯ…” ހަށިގަނޑުގެ އެދުންތަކަށް ބެހިގެންގޮސް އެގޭތެރޭހުރި އައްޓެއްގެ މަތީ އޮށޯވެއޮތް އަޝްފާއަށް ހޭވެރިކަންވީ ދެނެވެ. އޭރު ރިޔާޒް އޭނާގެ ހަށިގަނޑުމަތީ އޭނާގެ ތުންފަތާއި ދުލުން ހިތްގައިމުކަން ގެނުވަމުންދިޔައެވެ.
” ރިޔާ ޕްލީޒް، މަންމަމެނަށް އެނގިއްޖެއާ ވަރަށް ރުޅިއަންނާނެ” އަޝްފާ ކިތަންމެ އެބީހުންތަކަށް ބޭނުންވެފައި އޮތްނަމަވެސް ހިތާ ސިކުނޑި އެއްބަސްވާގޮތެއްނުވިއެވެ.
“ނުވާނޭ ކަޑައެއް، ކާކަށް ކޯޗެއް އެނގޭނީ، ވީއާރ ގެޓިންގ މެރީޑްއޭ ދެދުވަސްފަހުން… އެންޑް ބިލީވްކޮށްބަލަ، މިހާ ދުވަހުވެސް އަޝްފާ ދުލެއް ނުކޮށްލަމެއްނުން، އައިލް އޯލްވޭޒް ބީ ވިތްޔޫ” ރިޔާޒް އޭނާގެ ހަށިގަނޑުގައި ހުރިއްޔާ ހުރި ބާރަކާއި އެކު އަޝްފާ ގައިގައި ބައްދާލިއެވެ. އަދި އެކަމެއް ކައިވެނީގެ ފަހަށް ބޭއްވުމަށް ނިންމައިގެންތިބި އެންމެ ފަހު ކަންތަކަށްވެސް އެދެހިތުން އެދެން ފެށިއެވެ. އިސްނެގީ ރިޔާޒްއެވެ. ފުރަތަމަ ފަހަރުކަމުން ހާސްވެތިބެއެވެ. ހިތް ނުތަނަވަސސްވެތިބެއެވެ. ކުރަން ހެޔޮނުވާވަރު ކަމެއްކަންވެސް އެނގި ތިބެއެވެ. އެކަމަކުވެސް ހިތްބޭނުންވަނީއެވެ.
“ރިޔާ… އަބަދުވެސް ހުންނައްޗޭ އަޝްފާ ކައިރީގަ… ޔަގީންދޯ ދުވަހަކުވެސް ދުލެއް ނުކޮށްލާނަންކަން” އަޝްފާއަށް ރޮއެގަނެވުނެވެ. ހިތްބިރުވެސް ގަންނާތީއެވެ. ވެދާނެ ގޮތެއް ނޭންގޭތީއެވެ.
“ދެން ދޫކޮށްލާފައެއް ނުދާނުން، ޔޫނޯ ހައު މަޗް އައި ލަވްޔޫ… ދިޒް އިޒް ސްޕެޝަލް، ވީއާރ ސްޕެޝަލް” ރިޔާޒް އަޝްފާއަށް ވަކިނުވާނެކަމަށް އެތައް ވައުދެއް ކުރިއެވެ. ދޮގެއް ނޫނެވެ. އެއީ އޭނާގެ ހިތްބުނާގޮތެވެ. އޭނާ ހަމަ ހަގީގަތުގައިވެސް ވަރަށް ލޯބިވެއެވެ.
“ޕްރެގް ވެއްޖެއާއޯ” އަނެއްކާވެސް އަޝްފާ ހާސްކަންމަތީ އޮވެ ނޭވާހާސްކުރުވަނިވި އަޑަކުން އަހާލިއެވެ. ރިޔާޒްގެ ދުރުކުރުވަމުންއެވެ.
“ނުވާނެ… އެވަރު އަހަރެންވެސް ބަލާނަމޭ، އަޝްފާ ބިރުނުގަނެބަލަ، އަހަރެން ނުދާނަމޭ ދޫކޮށްލާފައެއް، ހާސްނުވެ، ރިލެކްސްވެބަލަ، ހަމަޖެހިބަލަ، ތަދުވަންޏާ ބުނާތި” ރިޔާޒް ވައިއަޑުގައި އަޝްފާގެ ކަންފަތްދޮށަށް ތިރިވެލަމުން ބުނެލިއެވެ. އަދި އިސާހިތަކު އެދެހަށިގަނޑު އެކުވެގެންދިޔައެވެ. ދެމީހުންގެ އައުކަން ކެނޑިގެންދިޔައެވެ. އަޝްފާގެ ލޮލުން ކަރުނައައެވެ. ހިތްހަމަވެސް ޖެހުނެވެ. އެހާދުވަހު އިންތިޒާރުކޮށްފައިވެސް ރިޔާޒްއަށް އޭނާގެ ހުރިހާ އެއްޗެއް ހަދިޔާކުރެވުނީތީއެވެ. ވިއްސާރަހުއްޓާލިއިރު ދަންވަރު 3 ޖަހަނީއެވެ. އަޝްފާގެ މަންމަ ގުޅުމުން ރިޔާޒްމެންގޭގައި ޕާރޓީގެ ތައްޔާރީތަކުގައި ކަމަށްބުނެ ދޮގުހެދިއެވެ. ދެމީހުން ހަށިގަނޑު ނިވާކުރުމަށްފަހު އެތަނުން ބޭރަށް ނުކުތީ ލަދުރަކިގޮތަކަށް ތިބެއެވެ. ކިތަންމެ ލޯބިން އުޅުނެއްކަމަކު ފުރަތަމަ ފަހަރަކީ ލަދުވެތިކަން އަންނަ ފަހަރަކީތާއެވެ.
ދެދުވަސް ދިޔަގޮތްވެސް ނޭންގެއެވެ. ކައިވެނީގެ ދުވަހުގެ މެންދުރުގެ ވަގުތެވެ. އެންމެ ފަހު ތައްޔާރީތަށް ވަމުންދިޔަވަގުތެވެ. އަޝްފާހުރީ އޭނާގެ ހުދު ބޮޑޫ ވެޑިންގ ޑްރެސް ހެޔޮވަރުކޮށްލުމަށް ލޯގަނޑުކުރިމަތީއެވެ. ތުއިވުމަކީ އޭނާގެ އާދައެކެވެ. އެކަމަކު އެތުއިވުމުގައި އުފާވެރިކަންވަނީ ކޮޅުންލައިފައެވެ. ސަބަބަކީ ދުވަސްވީ ލޯބިވެރިޔާއާއި ކައިވެނިކުރެވޭތީއެވެ. އޭނާގެ އެކުވެރިން އޭރު ކޮޓަރިތެރޭ އޭނާއާއި ކައިވެނީގެ ފުރަތަމަ ރޭގެ އެކިކަހަލަ ވާހަކަތަކުން ދިމާކޮށްހެދިއެވެ. އެ ސަކަރާތާއި ހުނުމުގެ އަޑުތަކަށް ހުއްޓުމެއް ގެނުވީ ހާސްކަންމަތީ ދުވެފައި އައިސް ކޮޓަރި ދޮރުހުޅުވާލި އަފްސަލްގެ އަޑެވެ.
އަފްސަލްއަކީ ރިޔާޒްގެ އެންމެ ގާތް އެކުވެރިޔާއެވެ. “ރިޔާޒް… ރިޔާޒްއަށް ކޮންމެސް ގޮތެއްވެގެން ސިއްޚީ މަރުކަޒަށް ގެންގޮސްސި” އަފްސަލްގެ އެޖުމްލައިން އަޝްފާގެ ހިނިގަނޑު ދިޔައީ ފަޅައިގެންއެވެ. އެއީ ރިޔާޒްގެ އާދަކަމުންއެވެ. އެގޮތަށް އޭނާ އަބަދުމެ ސަކަރާތަޖަހާތީއެވެ. އެކަމަކު އޭނާއަށް އިރުކޮޅަކުން އަފްސަލްގެ މޫނުމަތިން ކޮންމެވެސް ގޯހެއް އުޅޭކަން އެނގުމުން ހާސްކަންމަތީހުރެ ކޮޓަރިން ބޭރަށް ދުއްވައިގަތެވެ. ލައިގެން ހުރި ހެދުމަކަށް އިތުރު ކަމަކަށް ނުބަލައެވެ. ހިތުގައި ޖެހުނެވެ. ހާސްވިއެވެ. ރޮއެގަނެވުނެވެ.
ގިނަ އިރުތަކެއް ނުވެ އޭނާއަށް ގޮސް ސިއްޚީ މަރުކަޒާއި އަރާހަމަވެވުނެވެ. އޭރު އެހިސާބުގައި ވަނީ އެތައް ބަޔަކު ޖަމާވެފައެވެ. ރިޔާޒްއަކީ މީހުންގެ ލޯތްބާއި ގަދަރު ލިބޭ ޒުވާނެއްކަމުންއެވެ. އަޝްފާއަށް އެހިސާބަށް ފޯރުނުލެއް މާލަސްވީއެވެ. ވަގުތު ފާއިތުވެއްޖެއެވެ. ރިޔާޒް ކުއްލިމަރަކުން ދުނިޔެދޫކޮށް އޭރު ވަނީ ގޮސްފައެވެ. އިރުގަނޑެއް ވަންދެން އަޝްފާހުއްޓުންއަރާފައި ހުއްޓެވެ. އެތައް ދުވަހެއް ވަންދެން އެކަނިމާއެކަނި މީހަކާ އަނގައިން ނުބުނެ ކޮޓަރީގައި ބަންދުވެގެން އުޅުނެވެ.
އެހުރިހާ ކަމެއް ގުޑުވާލީއޭނާގެ ބަނޑުގައި ދިރުން ދެއްވާފައިވާ އިތުރުފުރާނައެއް ވާކަން އެނގުނު ދުވަހުއެވެ. އެއީ އޭނާގެ މުޅިދުނިޔެ އެފުއް މިފުށަށް ޖަހާލިދުވަހެވެ. އޭނާގެ ބަނޑުގައިވަނީ ރިޔާޒްގެ ކުއްޖެއްކަމަށް ގަބޫލުކުރި އެކަކުވެސް ނެތެވެ. ރިޔާޒްއަކީ އެފަދަ ގޮތަކަށް އުޅޭނެ މީހެއްކަމަކަށް އެކަކުވެސް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އެހާ ދުވަހު އެކުގައި އުޅުނުއިރު ނުވިކަމެއް ވާންވީ ކީއްވެތޯސުވާލުކުރިއެވެ. ދޭނެ ޖަވާބެއް އަޝްފާއަކަށްވެސް ނޭންގުނެވެ. ވިސްނައިދީދީ ވިސްނުނުއެކަކުވެސްނެތެވެ.
އާއިލާމީހުން އާއި އެކުވެރިންވެސް ފުރަގަސްދިނީއެވެ. ވާނީވެސް އެހެންތާއެވެ. ލޯބީގެ ނަމުގައި ނަމަވެސް ހިންގުނީ ރަގަޅު ގުޅުމެއް ނޫނެވެ. ފާފައެއް ވާނީ ފާފައަކަށެވެ. ނަމަވެސް އެތުއްތު ފުރާނައިގެ އޮތީ ކޮންކުށެއްހެއްޔެވެ. އެކަން އަޝްފާ ގަބޫލުކުރިއެވެ. އަދި އޭނާގެ ދިރިއުޅުން އެނާގެ ދަރިފުޅަށްޓަކާއި ހޭދަކުރުމަށް ނިންމިއެވެ. ކުރެވުނު ކުށަށް ތަޢުބާވެހުރެއެވެ. ހިތުގައި އަބަދުމެ ރިޔާޒްގެ ލޯބީގެ ހަނދާންތައް ބަހައްޓައިގެން ހުރެއެވެ.

ކެޓެގަރީ: ކުރުވާހަކަ ލޯބީގެ ވާހަކަ

Views: 8831

މަރީ

Report comment

ވ. އިބްރަތްތެރި ވާހަކައެއް. މަރު އައިސް ތިބާއާ ބައްދަލްކުރާނެ ވަގުތެއް ނޭންގޭނެ.

43

3 years ago

މައީ

Report comment

އަޅޭ… ހާދަ ދެރައޭ ދޯ…..

17

3 years ago

ނަހޫ

Report comment

ވަރަށް ޢިބްރަތްތެރި ރީތި ވާހަކައެއް

15

3 years ago

Anonymous

Report comment

ނައިސް ސްޓޯރީ

11

2 years ago

😊😊

Report comment

ވަރަށް ވެސް އިބުރަތްތެރި ވާހަކަ އެށް 🌝

2

7 months ago

އައިރީން

Report comment

މަރަށް ނުވިސްނީމަ ދޯ ވަރަށް ދެރަ ވާހަކަ ވަރަށް ރީތި

2

7 months ago

ޚިޔާލު ފޮނުއްވާ ކެންސަލްމަސްދަރު

Article Categories:
Stories

Comments are closed.