ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކުރި ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ހައިކޯޓުން ބާތިލުކޮށްފި އެވެ.ކ. މާލެ، މއ. މާރަނގަ، ހަސަން ފައިޒަންގެ މައްޗަށް ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިޔުުމުގެ ދައުވާ ކުރީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިިވުމަށް، އޭނާ 6 ނޮވެމްބަރު 2017ގައި، ތުރުކީ މަގުން ސީރިއާއަށް ދާން އުޅުނު ކަމަށް ތުހުމަތުކޮށެވެ. ދައުލަތުން ބުނެފައިވާ ގޮތުގައި ފައިޒަން ހައްޔަރު ކުރީ އޭނާ ތުރުކީގައި ހަރަކާތްތެރިވަމުން ދަނިކޮށް، ތުރުކީގެ ސަލާމަތީ ބާރުތަކުންނެވެ. އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ އަނބުރާ ރާއްޖެއަށް ފޮނުވާލީ އެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
News