Feb 19, 2021
111 Views
Comments Off on ޔުނައިޓެޑް މޮޅުވިއިރު، އާސެނަލް އެއްވަރު
0 0

ޔުނައިޓެޑް މޮޅުވިއިރު، އާސެނަލް އެއްވަރު

Written by



ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ފުރަތަމަ ލެގުން އާސެނަލް އެއްވަރުވެއްޖެއެވެ.ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ސޮސިއެޑާޑް އަތުން 4-0 ގެ ނަތީޖާއަކުންނެވެ. ކޮވިޑް-19 އާ ގުޅިގެން މި މެޗު ސްޕެއިނުގައި ހުންނަ ސޮސިއެޑާޑުގެ ދަނޑުގައި ކުޅެވޭ ގޮތް ނުވުމުން، މެޗު ކުޅެފައިވަނީ އިޓަލީގައި ހުންނަ ޔުވެންޓަސްގެ ދަނޑުގައެވެ.މި މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އަދި ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ފެނާންޑޭސް ވަނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.މި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، 65 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ފަހުން މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑެނިއަލް ޖޭމްސްއެވެ.



Source link

Article Categories:
News

Comments are closed.