ރޯދަ މަސް ނިމުނީއެވެ. ޝައްވާލު މަސް ފެށެނީއެވެ. މިގޮތުން ވަރަށް ގިނަ މީހުން ތިބެނީ ދެން ކަންކުރަންވާ ގޮތް ނޭގި އޮޅުމެއްގެ ތެރޭގައެވެ. ތިމަންމެން ފުރަތަމަ ހިފާނީ ހަ ރޯދަތޯ ނުވަތަ އަންހެނުންނަށް އެކަނބަލުންގެ ޚާއްޞަ ޙާލަތުގައި ގެއްލިފައިވާ ޤަޟާ ރޯދަ ހިފާނީ ތޯއެވެ؟މިއީ މީސްތަކުން ކުރަމުންދާ ސުވާލެކެވެ. މިއަންނަ ހަދުވަހު ރޯދަ ފަރުޟާ އެއްކޮށްލައިގެން ހިފިދާނެތޯ ނުވަތަ ކޮންމެ ބާވަތެއްވެސް ހިފަންޖެހޭނީ ވަކިވަކިންތޯއެވެ؟ މި މައްސަލައާމެދު ވަރަށްގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ރޯދައަކާއެކު ފަރުޟު ރޯދައަކަށް ނިޔަތް ނުގަނެވޭނެއެވެ.
Article Categories:
Religion