އެންމެ ގިނަބއަކަށް ނަރަކައަށް ވަންނަންޖެހެނީ ދުލާއި ހިތާއި އަދި ޖިންސީ ގުނަވަނުގެ ސަބަބުން ކަމަށްވާއިރު މި 3 ގުނަވަނަކީވެސް ހަށިގަނޑުގައިވާ އެންމެ ޟަޢީފް 3 ގުނަވަނެވެ. އެންމެ ކުޑަމިނުން ކަށިކޮޅެއްގެ މިންވަރުވެސް އެއިން ގުނަވަނެއްގައި ނުވެއެވެ. އެ 3 ގުނަވަނުންކުރެ ގުނަވަނަކަށް އެއްވެސް ޙަރަކާތެއް ގެނުވޭނީ އެމީހަކު ޤަޞްދުގައި އެކަމެއް ކުރުވުމުންނެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ހިތްސަލާމަތްކުރުމާއި ދުލުން ނުބަައިބަސް ނުބުނުމާއި އަދި ފާހިޝް އަމަލު ނުކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަސްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ ކޮންމެ މީހަކަށް ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
އިތުރަށް ވިދާޅުވޭ
Article Categories:
Religion