ބައެއްފަހަރު ކުޑަކުދިން ޚާއްޞަކޮށް ތުއްތުކުދިން ހުންއައުން ގިނަވެ، ސިއްސައިގެންގޮސް އަދި ބިރުގަތުން ފަދަ ކަންކަން މެދުވެރިވުން ގިނަވެއެވެ. އަދި ކުދިން އާދައާ ޚިލާފަށް ނުކިޔަމަންތެރިވެސްވެއެވެ. މިޙާލަތުގައި ޑޮކްޓަރުންނަށް ޓެސްޓްތަކުން ބަލި ނުވަތަ ސަބަބު ދެނެގަންނަން އުނދަގޫވާގޮތްވެސް މެދުވެރިވެއެވެ. މިފަދަ ކަންކަން ގިނައިން މެދުވެރިވާނަމަ ނުވަތަ ތަކުރާރުކޮށްމެދުވެރިވާނަމަ ޝައިޠޯނާ އާއިމެދު ވިސްނައިލަންވާނެއެވެ. ގެއަށް ޝައިޠޯނާއަށް ވަދެވެން ހުންނަ މަގުތައް ބަންދުކުރަން މަސައްކަތްކުރަންވާނެއެވެ. އިރު އޮއްސުމުގެކުރިން ގޭގެ ދޮރުތައް ބަންދުކުރުމާއި ހިއްކަންއަޅާފައި ހުންނަ ތަކެތި ނަގައި ގޭތެރެއަށް ވެއްދުންފަދަ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion