ލޯބިވެރިންނާއި މައްސަލަތައް ޖެހުމަކީ ހުރިހާ ޒަމާނެއްގައިވެސް ހިނަގަމުން އަންނަ ކަމެކެވެ. ނަމަވެސް މިހާރު އެކަންތައް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިއަދުގެ ޒުވާނުންނަށް ބެލިނަމަވެސް ބޮޑެތި މީހުންނަށް ބެލިނަމަވެސް ގިނަ ބައަކު މިވަނީ ލޯބީގެ ކޮންމެވެސް މައްސަލައެއްގެ ތެރޭގައެވެ. ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮންނަނީ ލޯބީގެ ކޮންމެވެސް މައްސަލައެކެވެ. މިކަން މިގޮތަށް ދިމާވަމުން މިދަނީ މާކުރިން ކޮންމެވެސް މީހަކަށް ހިތާއި ސިކުނޑިވެސް ދެވޭތީއެވެ. އިންސާނާގެ އެންމެ މުހިންމު ދެ ގުނަވަނަކީ ހިތާއި ސިކުނޑިއެވެ. އެދެގުނަވަން މާކުރިން މީހަކަށް ހަދިޔާކުރެވިއްޖެނަމަ ވާނެ ގޮތް ގިނަ ބއަކު މިދަނީ ތަޖުރިބާކުރަމުންނެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion