އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ސަލާމެވެ. ސަލާމްކުރުމެވެ. އަމާންކަން ކަށްވަރުކޮށދިނުމެވެ. ތިމާގެ ކިބައިން އަނެކާއަށް ސަލާމަތްކަން އޮތްކަން ކަށަވަރުކޮށްދިނުމެވެ. މިބަޔާންކުރި ކަންކަން ކުރެވޭނީ ހިތްހެޔޮކޮށް މާފުކުރުމުގެ އާދަ އެމީހެއްގެ ކިބައިގައި ހުރެގެންނެވެ. އިސްލާމް ދީނަކީ ހިތް ހެޔޮ ކުރުމުގެ ދީނެވެ. މީސްތަކުންނަށް މަޢާފް ކުރުމުގެ ދީނެވެ. މީސްތަކުންނަށް ހިތް ހެޔޮ ކުރުމަކީ ދިރިހުއްޓައި ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ލިބިފައިވާ ސަބަބެއްކަން ކައު އިތުރު ރަސޫލާ ﷺ ގެ ޙަދީޘްފުޅުން ސާބިތުވާން އޮތުމުން އެކަމުގެ މަތިވެރިކަން އެއޮތީ ހާމަވާށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion