ޤިޔާމަތް ދުވަހު ތިބާގެ ހިސާބު ބެއްލެވުމަށް ޙާޒިރުކުރެވޭއިރު ތިބާކުޅަ ހެޔޮ ޢަމަލުތައް ތިބާގެ ކަނާތްފަރާތުގައި ފެންނަން ހުންނާނެއެވެ. ކުޅަ ނުބައި އަމަލުތައް ވައަތްފަރާތުގައި ފެންނަން ހުންނާނެއެވެ. ކުރިމަތިން ފެންނަން ހުންނާނީ ނަރަކައެވެ. ތިބާގެ ކައިރީގައި ބެހެއްޓިފައިވާ ތިބާއަށް ކުރެވުނު ހެޔޮ ޢަމަލުތައް ކިތަންމެ ގިނަވެފައި ނުބައި އަމަލުތައް ކިތަންމެ މަދުނަމަވެސް ތިބާއަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ހުންނާނީ ބިރުން ވިރިވިރިއެވެ. އެއީ ހެޔޮޢަމަލުތަކުގެ ތެރެއިން ﷲ ތައާލާ ޤަބޫލުފުޅުކުރައްވަވައި މީޒާނުގައި ބުރަދަނަެއް ލިބިގެންދާނީ ކިތައް ޢަމަލުންކަން ނުއެނގޭތީއެވެ. ކޮން އަމަލުތަކަކުންކަން ނުއެނގޭތީއެވެ. އަދި އެންމެ ކުޑަމިނުން އެއްވެސް ޢަމަލެއް ޤަބޫލުފުޅުކުރައްވަވާނެކަންވެސް ނުއެނގޭތީއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion