“ނީނާ” މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ބަވަތި ފިލްމުގައި ވެސް ލީޑުން ފެނުނު ނުޒުޙަތު ޝުއައިބު (ނުޒޫ) އެވެ. ނުޒޫ އާއެކު ހަރަކާތްތެރިވަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގެ ކުރީ ސަފުގައި ފިޔަޖަހަމުންދާ ޖުމައްޔިލް ނިމާލްއެވެ. އައިފިލްމްސް އިން މައުލޫމާތު ދީފައިވާގޮތުގައި ނުޒޫ އާއި ޖުމައްޔިލްގެ އިތުރުން “ނީނާ” މިފިލްމުގައި ހަރަކާތްތެރިވާނީ ހަމްދޫން ފާރޫޤް، އަލީ ޔޫޝާއު، އަލީ އިނާޒް، މުޙައްމަދު އަލީ (މޮޑެކްސް)، ހަސަން ޝިނާން އަދި ޝަކީލާ އާދަމް އެވެ. މީގެއިތުރުން ފީޗަރ ފިލްމަކަށް އަލަށް ތައާރަފްކުރާ ތަރިންގެ ތެރޭގައި ހަސަން ސާމިޙް، އިބްރާހިމް ޝާއިފް، ނަތާޝާ ޖަލީލް އަދި ޝަރަފް އަބްދުﷲ ހިމެނެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Entertainment