Feb 20, 2021
108 Views
Comments Off on ކޮވިޑްގެ އައު ވޭރިއަންޓާއެކު އެފްރިކާ ސަރަހައްދުން މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް
0 0

ކޮވިޑްގެ އައު ވޭރިއަންޓާއެކު އެފްރިކާ ސަރަހައްދުން މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް

Written byކޮވިޑްގެ އައު ވޭރިއަންޓާއެކު އެފްރިކާ ސަރަހައްދަށް ދެވަނަ ރާޅެއް އައިސްފައިވާއިރު އެސަރަހައްދުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފިއެވެ.ހުކުރު ދުވަހު އެފްރިކާ ސަރަހައްދުން މިބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 100،354ށް އަރާފައެވެ. މުޅި އެފްރިކާ ސަރަހައްދުގައިވެސް ކޮވިޑް ޖެހިގެން މަރުވަމުންދާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ވަކިން ޚާއްސަކޮށް އެފްރިކާ ސަރަހައްދުގެ އިގްތިޞާދީ މައި ތަން ކަމުގައިވާ ދެކުނު އެފްރިކާގެ ހާލަތު ވަނީ ގޯސްފައެވެ. ކޮވިޑްގައި މަރުވަމުންދާ މީހުންގެ ދެބައިކުޅަ އެއް ބައި މީހުން މަރުވަމުން އަންނަނީ ދެކުނު އެފްރިކާއިންނެވެ. ކޮވިޑްގެ އައު ވޭރިއަންޓްތައް ފެނިފައިވާއިރު އެންމެ ނުރައްކާތެރި ވޭރިއަންޓް ފެނިފައިވަނީ ދެކުނު އެފްރިކާއިން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކަށް ވަނ އެނިގައެވެ.ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެފްރިކާ އޮފީހުގެ އިމިޔުނިޒޭޝަން ޕްރޮގްރާމްގެ ކޯރޑިނޭޓަރ ރިޗަރޑް މިހިގޯ ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެފްރިކާގެ ގައުމުތަކަށް އަންނަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.Source link

Article Categories:
News

Comments are closed.