ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންގެ އަމިއްލަ ޢާއިލާގެ ތެރެއިން މައްސަލަތައް ކުރިމަތިވުމެވެ. ސަބަބަކީ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަމިއްލަ ޢާއިލާގެ ތެރެއިން އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ. ޢާއިލާގެ އެންމެންގެ އެއްބާރުލުން ތިމާއަށް ލިބޭނެ ކަމަށެވެ. އެހީތެރިކަން ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ ސިޔަރަތަށް ބަލާށެވެ! އެންމެ ގިނަ މައްސލަތަކާއި ގޮންޖެހުންތައް އެބޭކަލުންނަށް ކުރިމަތިވެފައިވަނީ އަމިއްލަފުޅު ޢާއިލާގެ ތެރެއިންނެވެ. އެއްބައެއްގެ އެހީތެރިކަން ލިބިވަޑައިގަންނަވާއިއރު އަނެއްބައެއްގެ ކިބައިން ލިބިވަޑައިގެންފައިވަނީ ދުއްތުރާތަކެވެ. ކުރިމަތިވެފައިވަނީ ބޮޑެތި މައްސަލަތަކެވެ. ވީމާ އަހަރެމެންގެ ޙަޔާތަކީ އިސްތިސްނާއެއްކަމަށް ބަލައިގެން ނުވާނެއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion