Feb 20, 2021
162 Views
Comments Off on އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވައިފި
0 0

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވައިފި

Written byުފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވައިފިއެވެ.ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައިވާ ބައިލެޓަރަލް ގުޅުމުގެ މިސްރާބު ކަނޑައެޅިގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.ޑރ. ޖައިޝަންކަރުގެ ދަތުރުފުޅާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އިންޑިއާ ހައިކޮމިޝަނުން ބުނީ ފެބްރުއަރީ މަހުގެ 20-21ށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު 2021 ވަނަ އަހަރު ކުރައްވާ ފުރަތަމަ ހައި-ލެވެލް ބައިލެޓަރަލް ޒިޔާރަތް ކަމަށެވެ.އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ މިދަތުރުފުޅުގައި އެމަނިކުފާނު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ކެބިނެޓްގެ އެހެނިހެން މިނިސްޓަރުންނާއި، ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ލީޑަރުންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.އަދި މި ދަތުރުފުޅުގެ ތެރޭގައި ފިޝަރީޒް އާއި، ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަނާއި، މީހުން ބިނާކުރުމާއި، ހައުސިންނާއި، މަގުތައް ތަރައްގީކުރުން އަދި ކުޅިވަރު ތަރައްގީކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާއި ގުޅޭ އެތައް އެއްބަސްވުމެއްގައި ދެގައުމުގެ ފަރާތުން ސޮއިކުރެވޭނެކަމަށް ބެލެވެއެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވޭ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތައް މިނިސްޓަރ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެއެވެ.އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔާޝަންކަރ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައި މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައިވާ ޒަމާންވީ މިގުޅުމަށް އިތުރު އާރޯކަމެއް ލިބިގެންދާނެއެވެ.މިދިޔަ އޮގަސްޓް މަހުގެ 13 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ބޭއްވުނުތާ ހަ މަސް ދުވަހުގެ ތެރޭގައި، އެ ބައްދަލުވުމުގައި އިއުލާނުކުރެވުނު އެންމެހާ ކަންތައް މިވަނީ ތަންފީޒުކުރެވިފައެވެ. ކޮންފަރެންސް ބޭއްވުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އިންޑިއާއިން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީފޯރުކޮށްދީފައެވެ. އަދި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ފައިނޭންސް ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ.އަދި އިންޑިއާ އާއި ރާއްޖޭގެ ދެމެދު “ޑައިރެކްޓް ކާގޯ ފެރީ ސާވިސް” ސެޕްޓެމްބަރ 2020 ގައި ގާއިމް ކުރެވި، ދަތުރުތައް ވަނީ ފަށާފައެވެ. އަދި ހަމަ އެހެންމެ، އޮގަސްޓް 2020 ގައި ދެގައުމުގެ މެދުގައި ގާއިމްކުރެވުނު އެއާ ޓްރެވަލް ބަބުލް ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 2020 ވަނަ އަހަރުގެ ޓޮޕް ސޯސް މާކެޓްގެ މަގާމު އިންޑިއާއަށް ލިބި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާވެގެންދިއުމަށް މަގުފަހިވިއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯކްޓް ކުރާ ޒަރޫރީ ކޮމޯޑިޓީތަކުގެ ކޯޓާ 15 އިންސައްތަ އިތުރުކުރެވުނެވެ.ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު 2019 ވަނަ އަހަރު މޭއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.Source link

Article Categories:
News

Comments are closed.