Feb 20, 2021
103 Views
Comments Off on އެޕަލް އިން އިންޑިއާގައި އައިޕެޑް އުފައްދަން ބޭނުން 1 hour
0 0

އެޕަލް އިން އިންޑިއާގައި އައިޕެޑް އުފައްދަން ބޭނުން 1 hour

Written by


އިންޑިއާގައި އައިޕެޑް އުދެއްފުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ ގައުމުގެ ސަރުކާރުގައި އެޕަލް އިން ލޮބީކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓިމް ކުކްގެ އެޕަލް އަންނަނީ 2018 އިން ފެށިގެން، ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމުގައި އައިފޯނު ވެސް އުފައްދަމުންނެވެ. އެޕަލްގެ ވަރަށް ގިނަ މަސައްކަތްތައް ވަރަށް ފުޅާކޮށް މިހާތަނަށް ޗައިނާގައި ކުރަމުން ދިޔަ ނަމަވެސް މި ފަހަކަށް އައިސް އެ ގައުމަށް ބަރޯސާވުން ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޕަލް އިން ވަނީ އަޅަން ފަށައިފަ އެވެ. އިންޑިއާގައި އައިފޯންގެ މަސައްކަތް ފެށީ ވެސް މީގެ ތެރެއިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި އައިޕެޑް އުފެއްދުމުގެ މަސައްކަތްކުރަން އެޕަލް އިން ބޭނުންވާ އިރު މި އަހަރުގެ ތެރޭގައި އެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ވިއެޓްނާމަށް ވެސް ބަދަލުކުރާނެ އެވެ.
ރޮއިޓާޒް އިން ބުނި ގޮތުގައި އައިޕެޑްގެ މަސައްކަތާ ގުޅޭ ގޮތުން އެޕަލް އިން ލޮބީކުރަމުން އަންނަނީ ކުރިއަށް އޮތް ފަސް އަހަރަށް އިންޑިއާގެ އަމިއްލަ ކޮމްޕިއުޓަރު އުފެއްދުމުގެ މަސައްކަތް ފުޅާކުރަން ޕްލޭންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މިއި ޓެކް ދާއިރާ އިން އެހެން ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާންކުރައްވާފައިވާ “މޭކް އިން އިންޑިއާ” އިނިޝިއޭޓިވްގެ ބައެކެވެ.

މޯދީއާ އެކު ޓިމް.

އިންޑިއާގެ އަމާޒަކީ ކޮމްޕިއުޓަރު އުފެއްދުމުގެ މަސައްކަތް ފުޅާކޮށް، ގައުމުން ބޭރަށް ގިނަ އަދަދަކަށް އެކްސްޕޯޓް ވެސް ކުރުމެވެ. ފަސް އަހަރުގެ މި ޕްރޮޖެކްޓަށް 70 ބިލިއަން ރުޕީސް (965 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ވެސް އެ ގައުމުން ކަނޑައަޅާނެ އެވެ.
މިކަމާ ގުޅިގެން އެޕަލް އިން ވަނީ ސަރުކާރުގެ ޕްލޭންގެ ދަށުން ބަޖެޓް 200 ބިލިއަން ރުޕީސް (2.77 ބިލިއަން ޑޮލަރު) އަށް ބޮޑުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ސަބަބަކީ އިންޑިއާގެ ސަޕްލައި ޗެއިން އެޕަލްގެ ޑިމާންޑާ އެއްވަރަށް ފުޅާވެފައި ނެތުމެވެ.
އެޕަލްގެ އިންޑިއާގެ ޕާޓްނަރުންގެ ތެރޭގައި ފޮކްސްކޮން، ޕެގަޓްރޯން އަދި ވިޒްޓްރޯމް ހިމެނެ އެވެ.



Source link

Article Categories:
Business

Comments are closed.