ކޮންމެ މުސްލިމަކުވެސް މަރުވާން ބޭނުންވާނީ ފުރިހަމަ ތައުހީދުގެމަތީގައެވެ. ނަމަވެސް ތައުހީދުގެ މަތީގަ މަރުވުމަކީ އުންމީދު ކުރުމުން އެކަނި ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ތައުޙީދުގެ މަތީގައި މަރުވަން އެދޭމީހާއަށް އޮތީ އެކަމަށް މަސައްކަތް ކުރުމެވެ. އަބަދުވެސް އެކަމަށްއެދިގެން މަސައްކަތްކޮށްކޮށް ހުރުމެވެ. އަމަލުންނެވެ. ދުލުން ބުނާ ބަސްތަކަކުން ނޫނެވެ. ދުނިޔޭގައި އުޅޭއިރު ދިމާވާ ކަންކަމުގައި ދެން ތިމާ އަމަލުކުރާނީ މިހެން ކަމަށް ބުނެ މީސްތަކުންގެ ލޮލުގައި އަދުން އަޅުވައިލެވިދާނެއެވެ. އެއީ އިންސާނުންނަށް ޣައިބު ނުއެނގޭތީއެވެ. އެއްވެސް މީހަކު ކުރިއަށް އޮތްތަނުގައި ކަންކަން ކުރާނެ ގޮތް އެއްވެސް މީހަކަށް ނުއެނގޭތީއެވެ. މީހުން ދައްކާ ވާހަކަތަކަށް އިތުބާރު ކުރެވެނީ އެހެންވެގެންނެވެ. ނަމަވެސް ﷲ ތަޢާލާއީ ވީހައި ވާނޭހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. ވީމާ ތިމަން އަދި ފަހުން އެވެނި ކަމެއް މިވެނި ގޮތަކަށް ކުރާނެ ކަމަށް ބުނުމަކުން ނުފުދޭނެއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion