Feb 20, 2021
157 Views
Comments Off on ފާޙިޝް ޢަމަލަށް އިންކާރު ކުރި ޒުވާނާ
1 0

ފާޙިޝް ޢަމަލަށް އިންކާރު ކުރި ޒުވާނާ

Written by


Views: 3833 95

ޢިބުރަތުން ފުރިގެންވާ މިޙަޤީޤީ ވާހަކައަކީ މިޙާދިޘާކުރިމަތިވި ޒުވާނާގެ ރަޙްމަތްތެރިޔާ، އައްޝައިޚް ޚާލިދު އައްރާޝިދުއަށް ކިޔައިދެއްވާފައިވާ ވާހަކައެކެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި އުޅުނު ޢުމުރުން ހަމަ އެންމެ 20 އަހަރުގެ ޒުވާން ފިރިހެންބޭފުޅަކީ، ޚުލްޤުހެޔޮ، ކިޔަމަންތެރި، އަދި ޤުރުއާން ހިތުދަސް ޒުވާނެކެވެ. ޒުވާނާގެ ޚުލްޤުހެޔޮކަމުން މުޅި އެހިސާބުގެ އެންމެން ދަންނަ އެސަރަޙައްދުގެ މިސްކިތުގެ އިމާމުވެސް މެއެވެ.
ޒުވާނާ އުޅެމުންދާ ހިސާބާއި މާދުރުނޫން ހިސާބެއްގައި ވިލެޖްގައި ޒުވާނާގެ ކާފައާއި މާމަ ދިރިއުޅެމުންދެއެވެ. ދޭތެރެދޭތެރެއިން ޒުވާނާ ޒިޔާރާތްކުރާކަމުގައި ވެއެވެ. މިގޮތުން ޒުވާނާގެ ރަޙްމަތްތެރިންތަކަކާއި އެކު ޒިޔާރަތް ކުރިފަހަރެކެވެ. ޒުވާނާގެ ރަޙްމަތްތެރިން އާދައިގެ މަތިން މިބައިވެރިވީ ވިލެޖްގައި އުޅޭ މީހުންނަށް ކަދުރު ބެހުމާއި، އިސްލާމްދީނާއި ބެހޭ ފޮތާއި ދަރުސް ހިމެނޭ ކެސެޓްތައް ބެހުމަށްޓަކައެވެ.
މިގޮތުން މިދުވަހުގެ ހެނދުނު ވިލެޖަށްގޮސް އިރުއޮއްސެންދެން ހުރިހާ ޒުވާނުންވެގެން މި މަސައްކަތުގައި ވަރަށް ފޯރިއާއި އެކު އުޅުމަށްފަހު، ޒުވާނާ އޭނާގެ ކާފައާއި މާމަގެ ގާތުގައި މަޑުކުރުމަށްފަހު އޭނާގެ ރަޙްމަތްތެރިން އަވަށަށް ފޮނުވާލިއެވެ.
ރޭގަނޑުގެ ކެއުމަށްފަހު، ނިދާ ވަޤުތު ޖެހުމުން ޒުވާނާ ބޭނުންވީ ބޭރުކޮޓަރީގައި ނިދާށެވެ. އެހެންނަމަވެސް ކާފަ އެދުނީ އެތެރެކޮޓަރިއަށް ގޮސް އެތަނުގައި ނިދުމަށެވެ. އެހެންނޫނީ، ކުޑަކުދިންގެ އުނދަގޫ ޖެހި ނިދަން އުނދަގޫވެދާނެތީއާއި، އަދި ކާފައަށް ފަތިސްނަމާދަށް ދިއުމަށް ގޮވަންވެސް ފަސޭހަވާނީ މިގޮތްކަމުގައިވާތީއެވެ. ކާފަގެ މިއެދުމުގެ މަތިން ޒުވާނާ އެތެރެކޮޓަރިއަށްގޮސް ކުނާއަޅައި، ނިދުމުގެ ކުރިން ކިޔަންޖެހޭ ދުޢާތައް ކިއުމަށްފަހު ޒުވާނާ ނިދައިފިއެވެ.
މިގޭގައި ކާފަމެންގެ އިތުރުން ކާފަގެ މިޢާއިލާ އަށް އެހީތެރިވުމަށްޓަކައި، ގޭގައި ގެންގުޅޭ ވަރަށް ރީތި ޒުވާން އަންހެން ނޯކަރެއް އުޅެއެވެ.
ގާތްގަނޑަކަށް ދަންވަރު 2:00 ގެ ފަހުން ދެތިންފަހަރަކު ކޮޓަރީގެ ދޮރު ހުޅުވި ލެއްޕޭކަމުގެ އިޙްސާސްއެއް ޒުވާނާއަށް ވީކަމުގައި އޭނާ ބުންޏެވެ. އެކަމަކު އެއީ ހީވި ހީވުމެއްކަމަށް ނިންމައި، އޭނައަށް ފެނުނު ހުވަފެނެކޭ ހިތައި އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނީކަމުގައި ޒުވާނާ ކިޔައިދިނެވެ. އެކަމަކު ކުއްލިއަކަށް، އައި ނައި ތަނެއް ނޭންގި ހަމަ އެއައިގޮތަށް އައިސް މީހަކު ޒުވާނާގެ ކައިރީގައި ޖެހިގެން އޮށޯވެ، ޒުވާނާގެ ގައިގައި ބައްދާ، ދޮންދޭން ފެށިކަމުގައި ޒުވާނާ ބުންޏެވެ.
ޒުވާނާއަށް މިކަމުން ލިބުނު ސިހުމާއި، ޙައިރާންކަމުން ކުއްލިއަކަށް އެނދުންތެދުވެ ވަރަށްބާރަށް އެއަންހެންމީހާ ކޮށްޕާލައި އޭނާގެ މޫނުމަތީގައި ޖެހިއެވެ.
އެއަށްފަހު، ގެއިންނުކުމެގެންގޮސް ފަތިސް ނަމާދު ބަންގިގޮވަންދެން ޒުވާނާ ވަޤުތު ހޭދަކުރީ މިސްކިތުގައެވެ. މިވީކަންތަކާއިމެދު ހިތާމަކޮށް ﷲ އަށް ބިރުވެތިވެ، ކަރުނަ އަޅާ ރުއިމުގައެވެ.
ރޭގެ ޙާދިޘާގެ ވާހަކަ ކާފައަށް ޒުވާނާ ކިޔައިދިނީ ހެނދުނުއެވެ. އެއަށްފަހު، ހަފްތާއެއް ނުވަނީސް މިނޯކަރު މީހާ ސަޢޫދީއަށް ނާދެވޭގޮތަށް އެޤައުމުން ބޭރުކުރިއެވެ.
ޝައިޚް އިތުރަށް ވިދާޅުވިއެވެ. އަހަރެންނަށް މިވާހަކަ ކިޔައިދިން ޒުވާނާގެ ރަޙްމަތްތެރިޔާ ބުންޏެވެ. “މިޙާދިޘާ ހިނގާދިޔަތާ ކުޑަދުވަސްކޮޅެއް ފަހުން ޒުވާނާގެ ބަލިކަށިކަން ބޮޑުވަމުންދާކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އެއީ، ޒުވާނާ ﷲ އަށް ބިރުވެތިވާ މިންވަރުގެ ބޮޑުކަމުން އެކަމާއި މެދު ވިސްނާ ހިތާމަކުރުމުގެ ސަބަބުންނެވެ. ޒުވާނާގެ ޙާލަތަށް ޙަމްދަރުދީވެ، އޭނާގެ ޙާލު އޮޅުންފިލުވައި މިކަމާއި ބެހޭގޮތުން އެތައްސުވާލެއް އަހަރެންކުރީމެވެ. ގޮތް ހުސްވުމުން، އެއްވެސް މީހެއްގެ ގާތުގައި ނުބުނުމަށް އެދި ޝަރުޠުކުރުމަށްފަހު މިހުރިހާވާހަކައެއް އަހަރެންނަށް ޒުވާނާ ކިޔައިދިނީއެވެ. އެހެންނަމަވެސް ﷲ ގަންދީބުނަމެވެ. އެހެންމީހުންނަށް ލިބެން އޮތް ޢިބުރަތަކަށްޓަކައި ނުވަތަ ފައިދާ އަކަށްޓަކައި މެނުވީ އަހަރެން މިއިން އެއްވެސް ވާހަކައެއް މީހަކަށް ކިޔައިނުދެމެވެ. އަދި އަހަރެން ޤަބޫލުކުރާގޮތުގައި، ﷲ ގެ ތަނަވަސް ރަޙްމަތްފުޅުން، އަހަރެންގެ މިއެކުވެރިޔާވާނީ، ﷲ ތަޢާލާގެ ހިޔާވަހިކަން ނޫން އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ދުވަހު، އެއިލާހުގެ ފުރިހަމަ ހިޔާވަހިކަން ލިބޭނޭ ހަތް ބާވަތުގެ މީހުންގެ ތެރެއިން އެކަކަށެވެ. އެއީ، އެއީ ރީތިއަންހެނަކު، އޭނާއާއި އެކު ފާޙިޝް ޢަމަލެއްކުރުމަށް ދަޢުވަތުދިނުމުން އަހުރެން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމަށް ފުރަގަސް ދިނީތީ އެވެ.”
މިހާރު މިޒުވާނާ ވަނީ މިފަނާކުރަނިވި ދުނިޔެއާއި އަލްވަދާޢުކިޔާފައެވެ. ދުޢާއަކީ މާތް ﷲ މިޒުވާނާގެ ފުރާނައަށް ރަޙްމަތްލައްވައި އެ އިލާހުގެ ޢަރުޝީގެ ހިޔާވަހިކަންލިބިގެންވާ ޞާލިޙުންގެ ތެރެއިން މިޒުވާނާލެއްވުމެވެ. އަދި އަޅުގަނޑުމެން ނަށްވެސް އެއިލާހުގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، އެއިލާހުގެ ޙައްޤު ދީން މަތީގައި ސާބިތުކުރައްވައި، އެންމެހާ ފިތުނަތަކުގެ ވަޤުތުތަކުގައި އަޅުގަނޑުމެންނަށް ސާބިތުކަންދެއްވުމެވެ.

ކެޓެގަރީ: ހަޤީޤީ ވާހަކަ ކުރުވާހަކަ އިބުރަތްތެރި ވާހަކަ

Views: 3833

މީ

Report comment

ޔާﷲ އާމީން

9

8 months ago

ޚިޔާލު ފޮނުއްވާ ކެންސަލް



މަސްދަރު

Article Categories:
Stories

Comments are closed.