ސައިންސްގެ ހޯދުންތަކުގެ އެހީގައި މިއަދު ޑޮކްޓަރުން ބުނަނީ ނިދާފައި އޮތުމުން ހަށިގަނޑަށް ބޭނުންވާ ފެންލިބުން މަދުވެ ހިތާއި ސިކުނޑި އަދި ގުނަވަންތައް ޚާއްޞަކޮށް ހިތް ފުރިހަމައަށް ހިނގައިގަތުމަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން ނިދީންހޭލެވުމާއިއެކު ފަތިސްނަމާދުކުރަން ބުނުމުގެ ބަދަލުގައި އެމީހުން ބުނަނީ ލުއި ކަސްރަތު ކުރަންޖެހޭނެ ކަމަށެވެ. މިހެންބުނުމާއިއެކުގައިވެސް ނަމާދުން ލިބޭ ކަސްރަތަކީ ހަށިގަނޑަށް އެންމެ ބޭނުންތެރި، އެންމެ ފައިދާހުރި ކަސްރަތުކަމަށްވެސް އެމީހުން އެއްބަސްވެއެވެ. ޚާއްޞަކޮށް އިޢްތިދާލަށް ހުރުމާއި ރުކޫޢްކުރުމާއި ސަޖިދަކުރުމުން ލިބޭ ފައިދާ ބޮޑުކަން ފާހަގަކުރެއެވެ. އަދި ނަމާދުގައި ކުރާ ކޮންމެ ހަރަކާތަކީ ހަށިގަނޑަށް ބޭނުންތެރި ކަސްރަތެއް ކަމަށްވެސް އެއްބަސްވެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion