އިއްޔެ ފުލުހުން ޗެނަލް-13ގެ ނޫސްވެރިންތަކަކަށް ހުރަސް އަޅައި އެ މީހުންނަށް އަނިޔާވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރިކޮށްފި އެވެ.ޗެނަލް-13ގެ ނޫސްވެރިއަކު އިއްޔެ އިދިކޮޅުގެ މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް، އޭނާއަށް މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޗެނަލުން ބުނެ އެވެ. އޭގެ އިތުރުން، ރޭ ޕީޕީއެމް އޮފީސް ކައިރީގައި ހުންނަ ކެފޭއެއްގައި ޗެނަލް-13ގެ ދެ މުވައްޒަފަކު ތިއްބައި އެ ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، ފަހުން އެ ދެ މީހުން ދޫކޮށްލީ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News