Feb 20, 2021
650 Views
Comments Off on ޝައިޠޯނާއަށް ތިބާއާ ވައިވެސް ނޭޅެވޭނެ ދުޢާއެއް!- އިން ޝާ ﷲ
0 0

ޝައިޠޯނާއަށް ތިބާއާ ވައިވެސް ނޭޅެވޭނެ ދުޢާއެއް!- އިން ޝާ ﷲ

Written by



އަހަރެމެން އެންމެންވެސް އެބަ ޤަބޫލުކުރަމުއެވެ. ކަމެއް ކުރުމުގައި ގިނަ ދުވަސްތަކެއްވަންދެން ދެމިހުރެއްޖެ މީހަކަށް އެކަމުގެ ތަޖުރިބާ ވަރަށް ބޮޑުވާނެކަމެވެ. ވީއިރު ﷲ ތައާލާ އެންމެ ފުރަތަމަ ޚަލްޤްކުރެއްވެވި އިންސާނާ، އާދަމްގެފާނުން ފެށިގެން މީސްތަކުން މަގުފުރެއްދުމުގައި އަވަދިނެތި މަސައްކަތްކުރަމުން ގެންދާ ޝައިޠޯނާ އެކަމުގައި ކިހައި މޮޅުވާނެހެއްޔެވެ؟ ހުންނާނީ ތަޖުރިބާއިން ފުރިގެން ނޫންހެއްޔެވެ؟ ވީމާ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކޮށްދެއްވެވުން އެދި ވީހައި ގިނައިން ޛިކުރުކޮށް ދުޢާކުރަންވާނެއެވެ. ފުރަތަމަ ކަމެއްގެ ގޮތުން ގެއިން ބޭރަށް ނުކުންނައިއރު ޛިކުރު ކިޔުމާއި ގެއަށް ވަންނަމުން ޛިކުރުކިޔުމާއި ގޭގެ އަހުލުވެރިންނަށް ސަލާމްގޮވުމާއި ކާންފަށަމުން ބިސްމިﷲ ކިޔުމާއި ނިދަމުން އާޔަތުލްކުރުސި ކިޔުންފަދަ ކަންކަން ވަރަށް ޤަވާއިދުކޮށް ކުރަމުން ގެންދަންވާނެއެވެ. 



އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.