Feb 21, 2021
167 Views
Comments Off on ހާސިލް – 73
0 0

ހާސިލް – 73

Written by



“ޝީ ވޯންޓްސް ޓު ބީ އެލޯން އޯ.” އަޔާން އަރްޒަންއަށް ބަލައިލަމުން ބުނެލިއެވެ. އަރްޒަން ބޯ ޖަހައިލިއެވެ. އެއަށްފަހު، މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ.ރޯ މަހެއް ތެޅެމުންދިޔަ ގޮތަށް ތެޅެމުންދިޔަ ޒީޝާން ފެނި، އެ މަންޒަރު ބަލަން އަރްޒަންއަށް ކެތެއް ނުކުރެވުނެވެ. ކާ އެއްޗެހި އަޅާފައި، އަތުގައި ހުރި ކޮތަޅުތައް ވެސް ބިންމައްޗަށް ދޫކޮށްލާފައި، އޭނާ ހަލުވި ފިޔަވަޅުތަކުގައި ޒީޝާން ކައިރިއަށް ގޮސް ހުއްޓުނެވެ. ޒީޝާންގެ ކަޅި މައްޗަށް އަރާފައިވާއިރު, އެއް އަތުންވަނީ ކަރުގައި ހިފައްޓާލާފައެވެ. ތުންފަތުގައި މަޑު ތުރުތުރު އެޅުމެއް ވެއެވެ. ނޭވާ ނުލެވިގެން ޒީޝާން ތެޅެމުން ދިޔައިރު މޫނުމަތި، ހިނދެއް ހިނދަކަށް ހުދުވަމުން ދިޔަތަން އަރްޒަންއަށް ފެނުނެވެ. ލަސްނުކޮށް އޭނާ އެނދުގެ އެއްފަރާތުގައި ހުރި ބަޓަންއަށް ފިއްތައިލާ, ނަރުހަކަށް ގޮވައިލިއެވެ.



އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.