ހެޔޮ ޢަމަލުކުރަން ހިތަށް އެރުވުމުން އެކަން ނުކުރަން ޝައިޠޯނާއަށް ވަސްވާސް ދޭން އެނގެނީ ކީއްވެގެންތޯ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ އިންސާނާގެ ހަށިގަނޑުގައި ލޭދައުރުކުރާ ފަދައިން ޝައިޠޯނާ ދައުރުކުރާކަމެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ހިތަށް އަރާ ކަންކަންވެސް އެނގުމުގެ ބާރު ﷲ ތަޢާލާ ވަނީ ޝައިޠޯނާއަށް ދެއްވަވައިފައެވެ. އެހެންވެ ހެޔޮ ޢަމަލުކުރަން އުޅުމުން އެކަން ނުކުރަން ވަސްވާސްދެނީއެވެ. އަދި ﷲ ތަޢާލާ ހަނދުމަކުރަން ފެށުމުން އެކަމަށްވެސް ހުރަސްއަޅަނީއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion