އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން 500 މިލިޔަން ރުފިޔާގެ ލުއި ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅުތެރެއަށް ރާވާފައިވާ ހައުސިން މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News