އެއްވެސް ކަމެއް ރަސޫލް ﷺ ކުރައްވަވައިފިނަމަ އެކަމުގައި މީސްތަކުންނަށް ފައިދާކުރާނެ ސަބަބުތަކެއް ހުންނާނެއެވެ. މީސްތަކުންގެ ފައިދާއަށް މެނުވީ ހަމައެންމެ ކަމެއްވެސް ކުރައްވާފައެއް ނުވެއެވެ. އެންމެ ކުޑަމިން އެބަސްފުޅަކުން މީސްތަކުން ފައިދާކުރާނެ ބަސްފުޅެއް ނޫނީ ޙަދީޘްކުރައްވަވާފައެއް ނުވެއެވެ. ރަސޫލް ﷺ ޙަދީޘްކުރެއްވެވި ކޮންމެ ބަސްފުޅަކީ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކު މީސްތަކުންނަށް އެއިން ފައިދާކުރާނެ ބަސްފުޅެއްކަން ސާބިތުވުން މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އެކަމުގެ އިތުރު ހެކިތައް ފެންނަމުންނެވެ. އެންމެ ބޮޑަށް ޙައިރާންވާންޖެހޭ އެއްކަމަކީ ގިނަ ހެކިތައް ފެނި އެކަމުގެ ވާހަކަ ފަތުރަަނީވެސް މުސްލިމުން ނޫން މީހުންކަމެވެ. ސައިންސްވެރިން ނުވަތަ ޑޯކްޓަރުން ކިޔައިގެން އުޅޭ ބައަކު ކަމެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
Religion