ތަފާތު ނަމެއް ދީފައިވާ މިފިލްމުގެ އިސްތިހާރުތައް އެހާމެ ތަފާތު ވެފައި، ރީއްޗެވެ. ބަވަތި ގެ މޯޝަން ޕޯސްޓަރާއި، ހިތުގައި ޝައުޤުވެރިކަން އުފެއްދުވި 2 ޓީޒަރ ގެ އިތުރުން އިތުރު ފުރިހަމަ ކަމެއް ގެނެސްދިން ޕްރޮމޯޝަނަލް ލަވައާއި ޓްރެއިލާރ ވެގެން ދިޔައީ މިފިލްމަށް ބެލުންތެރިން ކުރަމުން އައި އިންތިޒާރު އިތުރު ކުރުވި ކަންކަމަށެވެ. “ބަވަތި” މިފިލްމު އަންނަ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 20 ވަނަ ދުވަހު މިފިލްމުގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ޑިރެކްޓަރ އިލްޔާސް ވަހީދު ބުނެފައިވެއެވެ. އަދި މިހާރު މިފިލްމުގެ ޓިކެޓު ގަތުމަށް ޕްރީ ބުކިން ވެސް ހެދޭނެ ކަމަށް އިލްޔާސް ބުނެފައިވެއެވެ. ޕްރީ ބުކިން ހެދުމަށް ގުޅާލާނީ 7390005 އަށެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Entertainment