އުމުރުން ދުވަސްވީ މީހުންނަށާއި ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިކުރެވިފައިވާ މީހުން ބެލެއްހެޓުމުގައި އުޅޭ މީހުން ކޮވިޑް 19 ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހުޅުވާލައިފި އެވެ.އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބަލީމީހުން ނުވަތަ ދުވަސްވީ މީހުން ބެހެއްޓުމުގައި އުޅޭ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެ އެޖެންސީއިން ބާރުއަޅާ ކަމަށެވެ. އެގޮތުން މިވަގުތު މާލޭ ސަރަހައްދުގައި ދިރިއުޅޭ އެފަދަ މީހުން ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News