Feb 21, 2021
116 Views
Comments Off on އަހްމަދިއްޔާގެ ކާމިޔާބީ ދަމަހައްޓަން މަސައްކަތްކުރަންޖެހޭ: ޕްރިންސިޕަލް
0 0

އަހްމަދިއްޔާގެ ކާމިޔާބީ ދަމަހައްޓަން މަސައްކަތްކުރަންޖެހޭ: ޕްރިންސިޕަލް

Written by


އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަމަށާއި އެ ކާމިޔާބީތައް ދަމަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދިއްޔާ ސްކޫލުގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ އިތުރު ކާމިޔާބީތައް ހާސިލްކުރަން މިހާރަށް ވުރެ ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލްގެ އިތުރު ކާމިޔާބީ އަށް ކުރިއަށް އޮތް ތަނުގައި ވެސް ގަދައަޅައި މަސައްކަތްކުރާނެ ކަމަށެވެ.
“އަހުމަދިއްޔާ އަބަދުވެސް މަސައްކަތްކުރާނީ ދަރިވަރުންގެ ކުރިއެރުމާއި ކާމިޔާބީއަށް. މާތް ﷲގެ ވާގިފުޅާ އެކު މި ސްކޫލަށް އިތުރު ކާމިޔާބު ހޯދައިދިނުމުގައި އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މި ސްކޫލްގެ ބެލެނިވެރިންނަށް އަރުވަން،” އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ބޭއްވި އެސެމްބްލީގައި މިއަދު ސްކޫލުގެ ދިދަ ނަންގަވައިދެއްވީ ޕްރިންސިޕަލާއި ސާނަވީ ކެޕްޓަން އަންޖަލް މުހައްމަދު އަގީލެވެ. ހައުސް ދިދަތައް ނަގައިދިނީ ހައުސް ކެޕްޓަނުންނެވެ.

އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދުގެ އެސެމްބްލީގައި ވާހަކަދައްކަވަނީ. — ފޮޓޯ: އަހުމަދިއްޔާ ސްކޫލް

އެސެމްބްލީގައި ޕްރިންސިޕަލް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް އެކި ވަސީލަތްތައް ބޭނުންކޮށްގެން މެދުނުކެނޑި ކިޔެވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އުންމީދުކުރައްވަނީ ކުރިއެކޭ އެއްގޮތަށް ކްލާސްރޫމްތަކުގައި އަލުން ކިޔެވޭނެ ގޮތެއް އަވަހަށް މެދުވެރިވުން ކަމަށް ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ދަރިވަރުން ބައިވެރިވަނީ. — ފޮޓޯ: އަހުމަދިއްޔާ ސްކޫލް

މައްޗަށްގޮޅީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަދަރުސަތުލް އަހްމަދިއްޔާގެ ބިންގާ އެޅީ ޖޫން 4، 1979 ގަ އެވެ. އެތަނުގެ މަސައްކަތް ނިންމައި އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަން ފެށީ ފެބްރުއަރީ 21، 1982 ގަ އެވެ. މިތަން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ.
އަހްމަދިއްޔާ އަކީ ތައުލީމީ ގޮތުން ކާމިޔާބު ތާރީހެއް އޮތް އަދި މިހާރު ވެސް ކާމިޔާބު ސްކޫލެކެވެ. އެ ސްކޫލްގައި 2،000 އަށް ވުރެ ގިނަ ދަރިވަރުން އުޅޭއިރު މިއީ މާލޭގައި އާބާދީ އެންމެ ބޮޑު އެއް ސްކޫލެވެ.Source link

Article Categories:
News

Comments are closed.