Feb 21, 2021
100 Views
Comments Off on އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި 49 min
0 0

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި 49 min

Written by


އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

މި ބަދަލާއެކު، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 8.44ރ. އަށެެވެ. އިއްޔެއާ ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.07ރ. އަށެވެ. އިއްޔެއާ ހަމައަށް 8.71ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 9.19ރ. އަށެވެ.
އެސްޓީއޯ އިން ބުނީ، ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައިވާތީ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފެށީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ސައުދީ އަރަބިއްޔާ އިން އުފައްދާ ތެލުގެ އަގު ދުވާލަކު އެއް މިލިއަން ފީފާ އަށް މަދު ކުރުމުންނެވެ. މިއީ އޯޕެކްގެ ގައުމުތަކާއެކު ސައުދީން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނައި ބަދަލުތަކެކެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނައީ މިދިޔަ އަހަރުގެ މާޗު 21 ގަ އެވެ. އެ ފަހަރު އެ ކުންފުނިން ވަނީ ޕެޓްރޯލާއި ޑީސެލްގެ އަގުތައް ކުޑަކޮށްފަ އެވެ.



Source link

Article Categories:
Business

Comments are closed.