ބ. އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.މިކަމާބެހޭގޮތުން މައުލޫމާތު ދެމުން އެމްޓީސީސީ އިން ބުނެފައިވަނީ ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 ނިންމައި މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިކަމަށެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ %80 ވަނީ ވެސް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion