Feb 21, 2021
173 Views
Comments Off on މާދަރީ ބަސް ހިމާޔަތް ކޮށް ތަރައްގީ ކުރުމުގެ މަގުޗާޓެއް
0 0

މާދަރީ ބަސް ހިމާޔަތް ކޮށް ތަރައްގީ ކުރުމުގެ މަގުޗާޓެއް

Written byމާދަރީ ބަހަކީ ކޯއްޗެއް ހެއްޔޭ މި ސުވާލުގެ ޖަވާބު އެކިއެކި މަންޒޫރުން ދެވިދާނެއެވެ. ބަހަވީ އިލްމުގެ ފަންނީ ބަހުރުވައިން އެންމެ ސީދާސާދާކޮށް ދަންނަވަނީ ވިއްޔާ، މާދަރީ ބަހަކީ ކުއްޖަކު އެ މާހައުލެއްގައި އުފަން ވެ ބޮޑު ވެގެން އަންނަ މާހައުލުން، އޭނާގެ ފުރަތަމަ ބަހެއްގެ ގޮތުގައި ލިބިގަންނަ ބަހެވެ. ނަމަވެސް އަމިއްލަ ބަހެއް ލިބިގެން ވާ ގައުމެއްގެ ގައުމިއްޔަތުގެ މަންޒޫރުން ޖަވާބު ދެނީ ވިއްޔާ، މާދަރީ ބަހަކީ ގައުމުގެ އަމިއްލަ ޝަޚްސިއްޔަތުގެ އެންމެ ވަރުގަދަ އަސާސެވެ. ނުވަތަ ހަމަ ޔަގީނުން ވެސް އެންމެ ވަރުގަދަ އެއް އަސާސެވެ. ގައުމުގެ ތަރިކަތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ތަރިކައެވެ. ގައުމީވަންތަކަމުގެ އެންމެ ވަރުގަދަ އެއް ބިންގަލެވެ. ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް ހުއްޖަތެވެ.ދުނިޔޭގެ އެތައް ގައުމަކީ އަމިއްލަ މާދަރީ ބަހެއް އޮތުމުގެ ޝަރަފު ލިބިފައި ނުވާ ގައުމުތަކެވެ. ވަރަށް ގިނަ ގައުމުތަކަކީ ބިދޭސީ ބަސްބަސް “ދަރަންޏަށް ނަގައިގެން” އެ ބަސްބަހުން ވާހަކަ ދައްކައި ލިޔެކިޔައި އުޅޭ ގައުމުތަކެވެ. މުޚާބަރާތާއި މުއާސަލާތާއި މުއާމަލާތުގެ އެންމެހައި ކަންކަން ބިދޭސީ ބަސްތަކުން ކުރަމުން ގެންދާ ގައުމުތަކެވެ. ތިމާމެންގެ އަމިއްލަ މާދަރީ ބަހެއް އޮތުމުގެ ޝަރަފާއި ފަޚުރާއި ނަސީބު ލިބިފައި ވާ ވަރަށް ގިނަ ގައުމުތަކުގައި ވެސް، އޮންނަ މާދަރީ ބަސްބަހަކީ “ކްރިއޯލް” ތަކެވެ. ނުވަތަ “ކްރިއޯލްތަކެއް” ފަދަ ބަސްބަހެވެ. އެ ބަހަކުން ރިވެތި އަދި ފެންވަރު ރަނގަޅު އަދަބިއްޔާތެއް ނެތް، އަދި އެފަދަ އަދަބިއްޔާތެއް އުފަން ކުރުމުގެ ގާބިލިއްޔަތެއް ވެސް ނެތް ބަސްތަކެވެ.އިތުރަށް ވިދާޅުވޭ

Article Categories:
News

Comments are closed.