Feb 21, 2021
128 Views
Comments Off on މިޔަރު އުރަހަ އަތުލައިގަތް މައްސަލައިގެ ތަހުގީގު ނުނިމޭ 1 2 hr
0 0

މިޔަރު އުރަހަ އަތުލައިގަތް މައްސަލައިގެ ތަހުގީގު ނުނިމޭ 1 2 hr

Written by


މިޔަރު އުރަހަ އަތުލައިގަތް މައްސަލައިގެ ތަހުހީގު އަދިވެސް ނުނިމޭ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް މީޑިއާ އޮފިޝަލް ވިދާޅުވީ، ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި މި މައްސަލައިގައި އިތުރު އެއްވެސް މައުލޫމާތެއް ހާމަނުކުރެވޭނެ ކަމަށެވެ.
މިދިޔަ މަހު ފަހު ކޮޅު ކަސްޓަމްސް އިން ބުނީ އޮޅުވާލައިގެން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މައްސަލާގައި ޝާމިލްވާ ކުންފުނީގެ ނަން ހާމަ ނުކުރަނީ، މިކަހަލަ މައްސަލަތަކުގައި އޮޅުވައިލުންތައް ހުންނާތީ ކަމަށެވެ. އަދި ތަހުގީގަށް ފަހު ޝާމިލުވާ ކުންފުންޏާއި މީހުންގެ މައުލޫމާތު ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ކަސްޓަމްސްއިންނެވެ.
މިދިޔަ މަހުގެ 3 ވަނަ ދުވަހު މިޔަރު އުރަހަ ރާއްޖެއިން ބޭރު ކުރަން މަސައްކަތް ކުރީ އެންސިސްގެ އެންޒީ ބްރޭންޑްގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށިތަކުގަ އެވެ. މި މިޔަރު އުރަހަތަކަކީ އެންސިސްގެ ތަކެތި ނޫން ކަމަށް ކަސްޓަމްސް އިން މީގެ ކުރިން ބުނެފައިވެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މިޔަރު އުރަހަ ވިއްކުމާއި އިމްޕޯޓް/އެކްސްޕޯޓް މަނާ ކުރި ނަމަވެސް ޗައިނާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި ކެއުމަށް މި ތަކެތި ގަނެ ހަދަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) އަށެވެ. މި ރޭޓުން ބަލާނަމަ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.



Source link

Article Categories:
Business

Comments are closed.