މިއަދު މީސްތަކުންގެ ދިރިއުޅުމާއި ޒަވާޖީ ޙަޔާތް ބަރުބާދުވަމުން ދިއުން ގިނަވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އިތުބާރު ގެއްލުމާއި ވަޢުދު ނުފުއްދުމެވެ. މި ނުބައި އާދަ މިއަދު މިވަނީ މުޅި މުޖުތަމަޢުއަށް ބޮޑު ވަބާއަކަށްވެފައެވެ. އެހެންކަމުން މިއީ ވަކި މީހަކު އިސްތިސްނާވުމެއް ނެތި އެންމެން ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. ޙަދީޘްފުޅުގައި އޮތީ: “އިތުބާރު ގެއްލިފައިވާ (އިތުބާރު ނުކުރެވޭ ޙާލަތުގައިބި) މީހުންގެ އީމާންކަމެއް ނެތްކަމަށާއި އަދި ވަޢުދު ނުފުއްދާ މީހާގެ ދީނެއް ނެތް ކަމަށެވެ.” (ޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު)
އިތުރަށް ވިދާޅުވޭ
Article Categories:
Religion