Feb 22, 2021
140 Views
Comments Off on ނުވަ ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި އަރުޝަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
0 0

ނުވަ ކިލޯގެ ޑްރަގާ އެކު ހައްޔަރުކުރި އަރުޝަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

Written by


ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ އަރުޝަދު ޚާލިދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފައި ވެ އެވެ. އެއީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ އިތުރުން އެ ރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ.
އެ މައްސަލައިގައި ފުލުހުން އަރުޝަދަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ބައިވެރިވުމުގެ ތުހުމަތެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު އޭނާ ދޫކޮށްލީ ބަންދުކުރަން ނެރެފައިވާ އަމުރު މުރާޖާ ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

9 kilo drug massala: Dhauvaa libey ekaku bandhun dhookollaifi
The most trusted news source in the Maldives

Mihaaru

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އަރުޝަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން އިއްޔެ ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ދައުލަތުން އަރުޝަދާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހެޅި ފުލުހުން ވެސް ވަނީ އޭނާއާ ގުޅުންހުރި އެއްވެސް ތަނަކުން މަސްތުވާތަކެތި ނުފެންނަ ކަމަށް ކޯޓުގައި ހެކިބަސް ދީފަ އެވެ. އަދި ތަހުގީގު މަރުހަލާގައި އަރުޝަދާ ދެކޮޅަށް ބަޔާން ދިން އެހެން ހެއްކަކު ވެސް ކޯޓުގައި ބުނެފައިވަނީ އޭރު އެގޮތަށް ބަޔާން ދިނީ ފުލުހުން މަޖުބޫރު ކޮށްގެން ކަމަށެވެ.
އެ މައްސަލާގައި ނުވަ ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 4.6 މިލިއަން ރުފިޔާ ވެސް އޮޕަރޭޝަންގައި ހޯދި އެވެ. އަދި އެ އޮޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް ތުހުމަތުކޮށް، އެ އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.



Source link

Article Categories:
News

Comments are closed.