Feb 22, 2021
91 Views
Comments Off on ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު އިންޑިއާގެ ނޫސްވެރިން 2 2 hr
0 0

ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު އިންޑިއާގެ ނޫސްވެރިން 2 2 hr

Written by


އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން އެ ގައުމުގެ ނޫސްވެރިން ރާއްޖެ ގެނެސްފި އެވެ.

މި ޓީމުގައި އިންޑިއާގެ މަޝްހޫރު ފަސް ނޫހެއްގެ އެޑިޓޯރިއަލްގައި މަސައްކަތް ކުރާ ނޫސްވެރިން ހިމެނެ އެވެ. މީގެ ތެރޭގައި ދަ ޕައިނިއާ އާއި ސަންޑޭ ގާޑިއަން އާއި އީޓީ ޓްރެވަލް ވޯލްޑާއި ޓީއެމްއެމް މެގަޒިން އަދި ސްޕަޓްނިކްގެ ނޫސްވެރިން ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި މި ޓީމު މި މަހުގެ 26އާ ހަމައަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނެ އެވެ. މި މުއްދަތުގެ ތެރޭގައި އެ ޓީމުން ރާއްޖޭގައި ކުރާ ތަޖުރިބާތަކުގެ ވާހަކަތައް އެ ނޫސްވެރިއަކު ތަމްސީލު ކުރާ ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ކިޔައިދޭނެ އެވެ.
މި ޓީމު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާނީ ކަގި މޯލްޑިވްސް އާއި އެމެރަލްޑް މޯލްޑިވްސްގަ އެވެ.
އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަން އިންޑިއާގެ ނޫސްވެރިންގެ ޓީމެއް އެންމެ ފަހުން ރާއްޖެ ގެނައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ހުއްޓިފައި އޮތުމަށްފަހު އަލުން ހުޅުވީ ފަހުން ފުރަތަމަ ގެނައި ޓީމެވެ.
އިންޑިއާއަކީ މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުގެ ގިނަ އަދަދެއްގެ ފިލްމީ ތަރިންނާއި ޓީވީ ތަރިން އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިންޑިއާއިން 36،084 ޓޫރިސްޓުން ރާއްޖެ އައެވެ.Source link

Article Categories:
Business

Comments are closed.