Feb 22, 2021
83 Views
Comments Off on ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ އެހީއެއް
0 0

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރަން އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ އެހީއެއް

Written by


ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާގެ ފަރާތުން 40 މިލިއަން ޑޮލަރުގެ ލޯން އެހީ އެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން ޖައިޝަންކަރު ވިދާޅުވީ އިންޑިއާ އިން ރާއްޖޭގެ ކުޅިވަރުގެ ތަރައްގީ އަށް އަބަދު ވެސް އެހީތެރިވެދޭނެ ކަމަށާއި ރާއްޖޭގެ ގައުމީ ޓީމުތައް ތަމްރީން ކުރުމުގެ ފުރުސަތުތައް އިންޑިއާ އިން ފަހިކޮށްދޭނެ ކަމަށެވެ.
“އިންޑިއާގެ ކްރެޓިޑް ފެސިލިޓީގެ ދަށުން މިދޭ އެހީ (40 މިލިއަން ޑޮލަރުގެ ލޯން އެހީ)ގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ.” ޖައިޝަންކަރު ވިދާޅުވި އެވެ.
“އަހަރެން އުފަލާއެކު ފާހަގަކުރާ ކަމެއް އެއީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ (އެންމެ ފަހުން ބޭއްވި) އައިއޯއައިޖީ އަށް ދިއުމުގެ ކުރިން އިންޑިޔާގައި ތަމްރީން ހަދާފައި. އިންޑިއާ އިން ވަނީ ރާއްޖޭގެ ކްރިކެޓް ޓީމުގެ އަންހެން 30 ކުޅުންތެރިންނާއި ފިރިހެން 30 ކުޅުންތެރިންނަށް ތަމްރީން ކުރުމުގެ ފުރުސަތު ތަަނަވަސްކޮށްދީފައި. މި ނޫނަސް އެކި ގޮތްގޮތުން އިންޑިއާގެ ފަރާތުން ރާއްޖެ ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު،”

20 ފެބުރުއަރީ 2021 – އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގުތުމުން ޔޫތް މިނިސްޓްރީއިން އެކުވެނި ޓްރެކް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވާހަކަދައްކަވަނީ–. ފޮޓޯ:ނިޝާން އަލީ/މިހާރު

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އިންޑިއާ އިން ރާއްޖޭގެ ކުޅިވަރަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ތަރައްގީގެ އިސް ބައިވެރިއެއްގެ ގޮތުގައި އަބަދު ވެސް އިންޑިއާ ވާނެ ކަމަށާއި ހާއްސަކޮށް މި ސަރުކާރާ ގުޅިގެން އެކި ރޮނގުރޮނގުން ރާއްޖެ ކުރިއަރުވަން އިންޑިއާ އިން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިދިޔަ އަހަރުގައި އިންޑިއާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުޅުންތެރިން ތަމްރީންތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި. އެކަން ނުކުރެވި މި އޮތީ ކޮވިޑް-19ގެ ސަބަބުން މި އައިސްފައިވާ ހުއްޓުމުގެ ތެރޭގައި،” މަހުލޫފް ވިދާޅުވި އެވެ.

“India has offered a stand alone line of credit of 40 Million USD for sports infrastructure.Hoping to sign soon after…Posted by Ahmed Mahloof on Saturday, 20 February 2021

އޭނާ ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިންގުންތެރި މަސައްކަތްތަކާ އެކު އެ ގައުމުގެ ކުޅިވަރު މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޮޑު ބާރަކަށްވާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަގުވާމީ ކްރިކެޓް ސްޓޭޑިއަމް އަކީ އިންޑިއާ އިން ރާއްޖެ އަށް ދޫކުރަން އެއްބަސްވެފައިވާ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން އަޅާ ދަނޑެކެވެ. އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި އައުޓް ޑޯ ޖިމާއި ޕާކް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ގިނަ ރަށްތަކެއްގައި މިހާތަނަށް އައުޓް ޑޯ ޖިމާއި ޕާކް ހުޅުވާފައިވާއިރު، އެކި ރަށްރަށަށް ސާމާނު ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ދާދި ފަހުން ހުޅުވި މާލޭ ސިންތެޓިކް ޓްރެކުގެ މަސައްކަތަށް ވެސް އިންޑިއާގެ އެހީތެރިކަން ލިބިފައިވާ ކަމަށް މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.Source link

Article Categories:
Sports

Comments are closed.