Feb 22, 2021
190 Views
Comments Off on ރިވިއު: ކުއްލިކުއްލިއަކަށް ސިއްސުވަމުން “ދައުވަތު” ވަނީ ބެލުންތެރިންގެ ހިތައް!
0 0

ރިވިއު: ކުއްލިކުއްލިއަކަށް ސިއްސުވަމުން “ދައުވަތު” ވަނީ ބެލުންތެރިންގެ ހިތައް!

Written byއެކިއެކި މަންޒަރުތަކުން ކުއްލި ކުއްލިއަށް ސިއްސުވާލި ނަމަވެސް، އެސިހުން ބެލުންތެރިންނަށް ވެގެން ދިޔައީ، ފިލްމުން ދޭން ބޭނުންވި މެސެޖު ވަރަށް ފުރިހަމައަށް ހިތުތެރެއަށް ވަދެގެންދިޔަ މެސެޖަކަށެވެ. ސިހުރަކީ ކިހާ ވަރެއްގެ ނުބައިކަމެއް ކަމާއި އޭގެ ސަބަބުން ތިމާމީހާ އަމިއްލަ ނަފްސަށް އޮންނަ ބާރު ވެސް ކެނޑިގެންދާކަން މިފިލްމުން ދައްކުވައިދީފައިވެއެވެ. އަޅުގަނޑުގެ ނަޒަރުގައި، ސިހުރުން ރައްކާތެރިވެވޭނީ ކިހިނެއްކަން “ދައުވަތު” އިން ދައްކާދެވިފައިވާނަމަ، މިފިލްމުގެ ފުރިހަމަކަން އަދި މިއަށްވުރެ ބޮޑަށް އިތުރުވީހެވެ. “ދައުވަތު” މިފިލްމުގައި ލީޑް ރޯލުން ފެނިގެންދަނީ މިހާރު ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް އެއް ބަޠަލާކަމަށްވާ މަރިޔަމް އައްޒަ އާއި ދުވަހުން ދުވަހަކަށް ކުރިއަރަމުން އަންނަ އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން އޭނާގެ ކޮންމެ ފިލްމަކުން ވެސް ތަފާތު އެކްޓިން އެއް ދައްކާދެމުން އަންނަ އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުުރުން ކޮމެޑީ އެކްޓު ކުރުމުގެ މާހިރު މުހައްމަދު ފައިސަލް އާއި ފޯޓީޕްލަސް އިން ތަޢާރަފްވި ޒިޔާދާ ވެސް މިފިލްމުގައި މުހިންމު ރޯލެއް އަދާ ކޮށްފައިވެއެވެ.އިތުރަށް ވިދާޅުވޭ

Article Categories:
Entertainment

Comments are closed.