ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ކޮންމެހެންވެސް ހުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެ އެވެ.އުތުރުތިލަފަޅު ތަރައްގީކުރަން އިންޑިއާޔާ އެކު ސޮއިކުރި އެއްބަސްވުން ހާމަކުރުމަށް ގޮވާލާ އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު ބަހުސް ކުރައްވަމުން ބޯދިގު ވިދާޅުވީ، އިންޑިއާއިން އެފަދަ ބަނދަރެއް ރާއްޖޭގައި ތަރައްގީކުރުމަކީ، ދިވެހި ސިފައިންނަށާއި ގައުމަށް ލިބޭނެ ފައިދާއެއް ކަމަށެވެ. އަދި އެކަމުގައި އޭނާއަށް ދެރައީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމަށް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
News