Feb 22, 2021
148 Views
Comments Off on ބޭރުގެ ސިފައިންނަށް އުތުރުތިލަފަޅު ދޭން ހުރަސްއަޅާނަން: އިދިކޮޅު
0 0

ބޭރުގެ ސިފައިންނަށް އުތުރުތިލަފަޅު ދޭން ހުރަސްއަޅާނަން: އިދިކޮޅު

Written by


ރާއްޖޭގެ އެއްވެސް ތަނެއް ބޭރުގެ ސިފައިންނަށް ދޭން އުޅޭ ނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެފަދަ ނިންމުންތައް ބަދަލުކުރާނެ ކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިއާއާ ހަވާލުކުރުމާ އެކު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބޭރުގެ ވަކި ގައުމެއްގެ ނަން ބުނެފައެއް ނުވެ އެވެ.
އެ ބަޔާނުގައި ބުނީ އިދިކޮޅު ކޯލިޝަނުން އަބަދުވެސް ރައްކާތެރިކުރަމުން އަންނަ ސިޔާސަތަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރު ކަމަށެވެ. ޕީޕީއެމްގެ ސަރުކާރުން ހާރިޖީ ސިޔާސަތާއި އަސްކަރީ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ވެސް އެ އަސާސްތަކާ ހިލާފުވެފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ދައުވަތުތަކަށް ކުރީގެ ސަރުކާރުން އިޖާބަދީފައި ނުވާނެ ކަމަށާއި ގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާފަދަ ހުރިހާ ހުށަހެޅުމެއް “ގާދޫކޮލުން ބޭރުކޮށްލި” ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ އެއްވެސް ކަނޑެއް، ފަޅެއް، ރަށެއް ހަލެއް، ނުވަތަ ގިރިއެއް ވެސް ބޭރުގެ އަސްކަރީ އަދި އިސްތިއުމާރީ ބާރަކަށް ދޫވެ، ބީވެގެން ދާނެ އަމަލެއް ޕީޕީއެމުން ހިންގާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ. އަދި އެފަދަ އަމަލެއް އެހެން ބަޔަކު ހިންގަން މަސައްކަތްކުރާ ނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށް ވެސް ބުންޏެވެ.
“…ދިވެހިންގެ މި ލޮބުވެތި ކަރާމާާތްތެރި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ދިގު މުއްދަތަކަށް ނުވަތަ ދާއިމީ ސިފައެއްގައި ތިބުމަކީ މި ޕާޓީން ދުވަހަކު ވެސް ތާއީދުކުރި ކަމެއް ނޫން. އަދި ތާއީދުކުރާނެ ކަމެއް ވެސް ނޫން،” އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ހިންގާ މިފަދަ ހުރިހާ ކަމެއް ޕީޕީއެމްގެ ވެރިކަމުގައި ބަދަލުކުރާނެ ކަމަށާއި އެކަމުގައި ސިޔާސީ، ހާރިޖީ އަދި މާލީ އަގަކަށް ބެލުމެއް ނޯންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
“…ދިވެހިންގެ ތަރިކައެއް އަތުން ބީވެގެންދާނެ ފަދަ ގޮތަކަށް މި ސަރުކާރުން ކުރާ ކޮންމެ އަމަލެއް މި ޕާޓީގެ ވެރިކަމުގައި ބަދަލުކުރާނަން. އެފަދަ އަމަލުތައް ހިންގާ ބަޔަކާ މެދު ކުރިއެކޭ އެއްފަދައިން ގާނޫނީ ގޮތުން ފިޔަވަލު އަޅާނަން،” އެ ބަޔާނުގައިވެ އެވެ.
އުތުރުތިލަފަޅުގައި ކޯސްޓްގާޑްގެ ޑޮކްޔާޑެއް އަޅަން އިންޑިޔާއާ ހަވާލު ކުރި އެއްބަސްވުމުގައިވާ ގޮތުން ތިން އަހަރު ތެރޭގައި އެތަން ހަދާ ނިންމަން ޖެހެ އެވެ. އަދި އެ މަސައްކަތް ނިންމައި، ހަވާލު ކުރުމަށް ފަހު ވެސް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން އިންޑިޔާ އިން ފޯރުކޮށްދޭނެ އެވެ.
އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އިއްޔެ ވިދާޅުވި ގޮތުގައި އެ ބަނދަރު ހަދަނީ އަސްކަރީ ބޭނުމެއްގައެއް ނޫނެވެ. އެހެންވެ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.Source link

Article Categories:
News

Comments are closed.