“ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަމުން ސަލާމަރްވުމަށް މިއަޅާ ކުރާ މަސައްކަތްތައް އިނބަ ﷲ ދެކެދެނެވޮޑިގެންވަމުއެވެ. މިއަޅާ ކުރާ މަސައްކަތުގައި މިއަޅާއަށް އެނގޭ މިންވަރު ކުޑަކަމުން މިއަޅާއަށް ކުށެއް ކުރެވުނު ނަމަވެސް މިއަޅާއަށް ޢަފޫކުރައްވަވާނދޭވެ! “ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކާއި ހިތްދަތިކަމުން މިއަޅާއަށް ސަލާމަތް ވެވޭނީ އިނބަ ﷲ ގެ ރުހިވޮޑިގަތުމާއި ވާގިފުޅާއި މަދަދު ލިބިގެންކަން ހިތުގެ އެންމެ އަޑިން މިއަޅާ ޤަބޫލުކުރަމެވެ. މިއަޅާއަށް އިނބަ ﷲގެ ރުހިވޮޑިގަތުމާއި ވާގިފުޅާއި މަދަދު މިންވަރު ކުރައްވަވާނދޭވެ!. އާމީން.”
އިތުރަށް ވިދާޅުވޭ
Article Categories:
Religion