ކުއްލިއަކަށް މަރުވާ މީހުންގެ އަދަދު މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އިއްޔެ ބައްދަލުވި މީހާ މަރުވިކަމުގެ ޚަބަރު މިއަދު އެބަލިބެއެވެ. ހެނދުނު ބައްދަލުވިއިރު ގަދަވެސަލާމަތުންހުރި މީހާ ހަވީރުނުވަނީސް އެބަ މަރުވެއެވެ. މިއީ އާދައިގެ ކަމެއްކަމަށް ޤަބޫލުކުރެވުނު ނަމަވެސް މިއީ އާދައިގެ ކަމެއް ނޫނެވެ. މިގޮތަށް ކުއްލިކުއްލިއަށް މީހުން މަރުވަމުންދާނެ ދުވަސް އަންނާނެ ކަމާއި އެއީ ފަހުޒަމާނުގެ ޢަލާމާތެއްކަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion