Feb 22, 2021
124 Views
Comments Off on އާޚީރަތަށްޓަކައި ކުރެވޭނެ އެންމެ ހެޔޮ ޢަމަލު އަދި މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ-
0 0

އާޚީރަތަށްޓަކައި ކުރެވޭނެ އެންމެ ހެޔޮ ޢަމަލު އަދި މީހަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ-

Written byއެންމެ ދިހަ ޑޮލަރެު ބަހާނަމަވެސް ކިޔޫގައި އެތައް ގަޑިއެއް ވަންދެން މަޑުކުރުމަކީ ތަކްލީފަކަށް ނުވެއެވެ. މީސްތަކުންގެ ކަންކަން މިޙާލަތުގައި އޮތްއިރު އިތުރަށް ވިސްނައިލަން ނުޖެހޭ ހެއްޔެވެ؟ އެންމެ އަގުބޮޑު ހަދިޔާއަކީ ހަމަ އަތަށް އަރާ ފައިސާ ހެއްޔެވެ؟ ނުވަތަ ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ހޫނުކަންގަދަ އަލިފާނުން ތިބާ ސަލާމަތްކުރުން ހެއްޔެވެ؟  އަހުރެންގެ ނަޒަރުގައި ރައްޓެއްސަކަށް ނަމަވެސް ރައްޓެހި ނޫން މީހަކަށް ނަމަވެސް އަދި ޢާއިލާގެ މީހަކަށް ނަމަވެސް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ އެމީހަކު ނަރަކައިން ސަލާމަތް ކުރެވޭތޯ މަސައްކަތްކޮށްދިނުމެވެ. ކުރެވޭ ފާފަތަކާއި ކުށްތައް ވިސްނައިދީ އެކަންކަމުން އެމީހަކު ސަލާމަތްކުރަން މަސައްކަތްކުރުމެވެ. އެ މަސައްކަތަކީ ހަމައެކަނި އުސްތާޛުން، ޝައިޚުން ނުވަތަ އިމާމުން ކުރަންޖެހޭ މަސައްކަތެއް ނޫނެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ވަރަކުން އެ މަސައްކަތް ކުރަންވާނެއެވެ. އެމަސައްކަތް ކުރާ މީހަކަށް ތަޢާލާ ޙައްޤު އުޖޫރަ ދެއްވަވާނެކަން އެއީ ޔަޤީނުން އެގެންއޮތްކަމެކެވެ. އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.