ހެޔޮ ޢަމަލެއް ކޮށްފިނަމަ ﷲ ތައާލާގެ ދީލަތިވަންތަކަމުން 10 އަކުން ފެށިގެން 700 ގުނައަށް ޘަވާބު އިތުރުކުރައްވަވައި ދެއްވަވަތެވެ. ފާފައެއް ކުރެވިއްޖެނަމަ އެކަމަކަށް ދެއްވަވަނީ 1 ޢަޛާބެވެ. އެހެންކަމާއިއެކުވެސް އެތައް މިލިއަން ޢަޛާބްތައް ލިބޭގޮތަށް ފާފަކުރެވުން މިއަދު މިވަނީ ޢާންމުކަމަކަށްވެފައެވެ. އަދި އެކަމަށް ބިރުވެތިވެވޭ މިންވަރުވެސް މިދަނީ ކުޑަވަމުންނެވެ. ތިބާ ފަތުރާ އިސްލާމް ދިނާއި ޚިލާފް ވާހަކަތަކާއި ފާހިޝްއަމަލުތަކުގެ ވާހަކަތަކާއި ފޮޓޯތަކާއި ވީޑިއޯތަކަކީ އެކަމުގެ ސަބަބުން އެތައް މިލިއަން ޢަޛާބެއް ލިބުން ކައިރި ކަންކަމެވެ. އެފަދަ ކަމެއް ފެތުރުމުން އެތައް މިލިއަން ބައަކު އެ އެއްޗެއް އެބަ ކިޔައެވެ. ބަލައެވެ. އަދި ފަތުރަންވެސް ފަތުރައެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion