ބައެއް މީހުން ވަރަށް ގާތް އެކުވެރިންނަށް ހެދިގެން އެކުގައި އުޅެމުން އެބަ އެކުވެރިޔާގެ ބައިވެރިޔާ ޖަހައިގަނެއެވެ. ތަފާތު އުކުޅުތައް ބޭނުންކޮށްގެންނެވެ. އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ލިބޭ މައުލޫމާތުގެ ބޭނުން އެންމެ ނުބައި ގޮތުގައި ހިފައިގެންނެވެ. މިސާލަކަށް ދެމަފިރިއެއްގެ މެދުގައި އެންމެ ބޮޑަށް މައްސަލަޖެހެނީ މިވެނިކަމަކާއިހުރެކަން އެކުވެރިޔާއަށް އެނގިދާނެއެވެ. ތިމާއަކީ އެކަން މާފުރިހަމައަށް ކޮށްދޭނެ މީހަކަށް ހެދިގެން އަނެކާގެ ސަމާލުކަން ތިމާގެ މައްޗަށް އެބަ ލަންބުވާލައެވެ. އަދި ދެމަފިރިންގެ މެދަށްވަދެގަނެއެވެ.
އިތުރަށް ވިދާޅުވޭ
Article Categories:
Religion