Feb 22, 2021
159 Views
Comments Off on އެކުވެރިޔާ ފާފަކުރުމަކީ އޭނާގެ ކަމެއްކަމަށް ނިންމައިނުލައި އަތުގާހިފާދަމައިވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރާށެވެ!
0 0

އެކުވެރިޔާ ފާފަކުރުމަކީ އޭނާގެ ކަމެއްކަމަށް ނިންމައިނުލައި އަތުގާހިފާދަމައިވެސް ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރާށެވެ!

Written by



މިހާރަކަށް އައިސް ގިނަ މީޙުން ދެކެނީ އެކުވެރިޔާ ކިތަންމެ ބޮޑު ފާފައެއް ކިތަންމެ ގިނައިން ކުރިނަމަވެސް އެއީ އޭނާގެ ކަމެއް ކަމަށާއި ތިމާ އެކަމާއި ބެހެން ނުޖެހޭނެ ކަމަށެވެ. އެކަމާއިގުޅިގެން ނަޞޭޙަތްތެރިވުމުން އޭނާ ހިތްހަމަނުޖެހިއްޖެނަމަ އެއީ ލިބޭ މާބޮޑު ދެރައެއް ކަމަށެވެ.ކަން އޮތީ އެހެނެއް ނޫނެވެ. ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ނުވަތަ ތިމާއަށް ކިތަންމެ އެހީތެރިވާ މީހަކުނަމަވެސް ﷲ ތަޢާލާގެ މަގުން އެއްކިބާވެ ފާފަކުރާނަމަ އެކަން ހުއްޓުވަން މަސައްކަތްކުރުން އިސްލާމްދީން ވާޖިބުކުރެއެވެ. އެކަންކުރަން ރަސޫލް ﷺ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.



އިތުރަށް ވިދާޅުވޭ

Article Categories:
Religion

Comments are closed.