މި ސީޒަނަށްފަހު ކުލަބު ދޫކޮށް ދާނޭ ކަން ކުރިން ހާމަކޮށްފައިވާ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ސްޕެނިޝް ލީގުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މުގުރާލި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުން ގެއްލުވާލި ދެ ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ވަނީ ނަގާލައިފަ އެވެ. އެއާ އެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. މި ހަފުތާގައި ކުޅުނު މެޗުން ބަލިވި އެތުލެޓިކޯ އެއްވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި 24 މެޗުން 52 ޕޮއިންޓާއެކުއެވެ.
އިތުރަށް ވިދާޅުވޭ

Article Categories:
News